ދިވެހިރާއްޖެ
އިޢުލާން
ބިން ކުއްޔަށްދޫކުރުން
އެކިއެކި ވިޔަފާރިކުރުމަށްޓަކައި މިރަށުން 08 ބިމެއް ކުއްޔަށްދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު 401-IUL(MU)/2016/21 (29 މާރިޗު 2016) އިޢުލާނާ ގުޅިގެން ފޯރުކޮށްދެވިފައިވާ މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް، އެ ބިންތަކުގެ ތެރެއިން ތިރީގައި މިދަންނަވާ 02 ބިން ކުއްޔަށްހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
| 
 ބިމުގެ #  | 
 ބިންއޮތް ތަން  | 
 ބިމުގެ ބޮޑުމިން  | 
 ކުއްޔަށްދޭ ބޭނުން  | 
| 
 17  | 
 ހުރަވީމަގުގެ އުތުރުފަޅީގައި، ނައިރާ އިންޖިނިއަރިންގގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓް  | 
 އާންމު ވިޔަފާރިކުރުމަށް  | 
| 
 18  | 
 ހުރަވީމަގު އުތުރުފަޅީގައި، 17 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓް  | 
 އާންމު ވިޔަފާރިކުރުމަށް  | 
ބިން ކުއްޔަށްދޫކުރުމުގައި ބަލާނެ ކަންތައްތައް
- މިހާރު ބިމެއް ލިބިފައިވާ ފަރާތްތަކަށާއި، ލިބިފައިވާ ބިން ވަކިކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
 - އެއްވެސް ފަރާތަކަށް އެއް ބިމަށްވުރެ ގިނަ ބިމެއް ދުލެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ ބިމަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
 - އިތުރު ތަފުސީލު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަތުމުން ލިބޭނެއެވެ.
 
ބިން ކުއްޔަށްދޫކުރުމާ ބެހޭ މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން
| 
 ބިމުގެ #  | 
 މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި  | 
 ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި  | 
| 
 17  | 
 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 10:00  | 
 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 10:00  | 
| 
 18  | 
 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 13:00  | 
 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 13:00  | 
ވީމާ، މި ބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތަށް މި އިދާރާގެ ޖަލުސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހިރައްޔިތަކަށް ވާންޖެހޭނެއެވެ.
15 ޝަޢުބާން 1437