ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS123/IUL/2016/21
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 01 ޖޫން 2016 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ޓީވީ ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލަށް ބޭނުންވާ 3 ޓީވީ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ސްކޫލަށް ޓީވީ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 1 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 8 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. މި ފޯމު ދޫކުރެވޭނީ މިކަމަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަތުމުން މަޢުލޫމާތު ދޭ ގަޑީގައެވެ.

މިކަމާ ގުޅިގެންދެވޭ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. އަދި މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުނަމަވެސް އެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އިޢުލާނުކުރީމެވެ.   

16 ޝަޢުބާން 1437

23 މޭ 2016