ޢާންމު މަޢުލޫމާތު
ނަންބަރު: 449/23/2016/1
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:34
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ރަމަޟާންމަހު މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

އިޢުލާން

2016 ވަނަ އަހަރު ރަމަޟާން މަހު މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ޚިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައެވެ.

  • ހެނދުނު ދަންފަޅި – ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް
  • ރޭގަނޑު ދަންފަޅި – ރޭގަނޑު 08:00 ން ރޭގަނޑު 12:00 އަށް

އަދި ދަންނަވަމެވެ. ހެނދުނު ދަންފަޅީގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ލޭއެޅުމަށް ހަމަޖެހިފައިވާއިރު، ރޭގަނޑު ދަންފަޅީގައި ލޭއެޅުމަށް ހަމަޖެހިފައިވާނީ 12 އަހަރުން މަތީގެ އުމުރުފުރާގެ ކުދިންނަށެވެ.

ވީމާ، މި ސަރވިސަސްއިން ޚިދުމަތް ލިބިގަންނަ ފާރަތްތަކުގެ މަޢުލޫމާތަށްޓަކައި މިކަން ހިއްސާކުރަމެވެ.

16 ޝަޢުބާން 1437

23 މޭ 2016