ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)219-MS/01/2016/15
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 05 ޖޫން 2016 14:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކައުންސިލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް:

ޑިރެކްޓަރ 

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ  

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

މުސާރައިގެ 35 ޕަސެންޓް

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް

 

 

 

ތަޢުލީމާއި ތަޖުރިބާ:

 

1. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ކައުންސިލްގެ މަސައްކަތްތައް ހަލުވިކަމާއި އޮމާންކަމާއެކު ނަތީޖާ ބޮޑުގޮތެއްގައި ހިންގައި ބެލެހެއްޓުމަށްޓަކައި ބޭނުންވާ މުވައްޒަފުންނާއި، އެހެނިހެން ވަސީލަތްތައް ހަމަޖައްސައި ބެލެހެއްޓުން.

2. ދާއިރާގެ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވައިލައި މުވައްޒފުން ހޯދައި، އެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

3. މުވައްޒަފުން ކުރިއެރުވުމަށް ބޭނުންވާ ތަމްރީންތައް ދެނެގަތުމާއި، އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނޭގޮތްތައް ހޯދުމާއި، މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ކަންތައްތަކާއި މަސައްކަތްތައް ބެހިފައި ހުރިތޯ ބަލައި، އެކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުމާއި، ކައުންސިލް މުވައްޒަފުން ޢަމަލުކުރާކަން ކަށަވަރުކުރުމާއި، އެކަންކަމުގައި މުވައްޒަފުން އަހުލުވެރިކުރުވުން.

6. މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް، އެކަންކަމަށް އިންސާފު ޤާއިމްކުރުން.

7. މި ކައުންސިލްގެ މުދަލާއި ފައިސާއާއި، އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ، ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯއާއި ހެޔޮގޮތުގައިތޯ ބެލުން.

8. ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކުރުވުމާއި ފޮނުވުމާއި ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ބަޖެޓުން ފައިސާ ޚަރަދުކުރުމާއި ފައިސާއާބެހޭ އެންމެހައި މުޢާމަލާތްތައް ހިނގަމުންދަނީ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިންތޯ ބެލުމާއި، ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރާވައި ހިންގުން.

9. ކޮންމެ އަހަރަކު، ކުރިއަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

10. ކަމާބެހޭ މުވައްޒަފުންގެ ޒިންމާގެދަށުން، މުދަލާއި ފައިސާއާއި އެހެނިހެން ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންހިފޭނޭ ގޮތަށް ރާވައި އިޞްލާޙުކުރުން.

11. ކައުންސިލް ތަމްސީލްކުރަންޖެހޭ އެކިއެކި ޖަލްސާތަކާއި ސެމިނާރާއި ވާރކްޝޮޕް ފަދަ ކަންކަމުގައި ބައިވެރިވުމާއި، ކުއްލިއަކަށް ކުރަންޖެހޭ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެދިނުން.

12. މީޑިއާ ކައުންސިލުގެ މެންޑޭޓުގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެ

ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

މި މަޤާމަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. ލިބިފައިވާ ހުނަރު.

4. އިންޓަވިއުއާއި ޕްރެޒެންޓޭޝަން

5. އިމްތިޙާން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ www.mmc.org.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ސިވިލް  ސަރވިސްގައި  ވަޒީފާ  އަދާކުރާ  މުވައްޒަފެއްނަމަ،  އަދާކުރަމުންދާ  ވަޒީފާއިން  ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމު ފޮނުވަންވީ ތާރީޚާއި ތަން:

2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނީ 2016 ޖޫން 12 އާއި 16 އާ ދެމެދު މި ކައުންސިލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި، އިންޓަވިއުއަށާއި، އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މި ކައުންސިލުގެ 3003886 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

16  ޝަޢުބާން 1437  

23 މޭ 2016