ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ރިލީފް ޓީޗަރ (ވަގުތީ)
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. |
މަހަކު -/4،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. |
މަހަކު -/5،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،090 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އިތުރު ޢިނާޔަތްތައް: ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން 2016 މޭ 30 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ސްކޫލް ނިންމިކަމުގެ ލިޔުން.
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ކޮޕީ.
5. ވަޒީފާއަށް އެދޭ ފަރާތުގެ ކައިރިކިއުލަމް ވިޓާ (ސީވީ)
އިންޓަވިއު:
މި މަޤާމަށް އެދޭ ފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތުގެ ހަމަވާތާ 7 ދުވަހުގެ ތެރޭގައި، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.
16 ޝަޢުބާން 1437