ދިވެހިރާއްޖެ
އިޢުލާން
މަޤާމު: ރިލީފް ޓީޗަރ
ބޭނުންވާ އަދަދު: 01
ވަޒީފާ އޮތް އޮފީސް: އަބޫބަކުރު ސްކޫލް / ގދ. ތިނަދޫ
ގިންތި: ކޮންޓްރެކްޓް (03 މަސް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން، އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
- ކިޔަވައިދޭން ހަމަޖެހިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.
- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
- މި ސްކޫލުގައި ހިންގަމުންދާ ސެން ކުލާކުގެ ދަރިވަރުންނަށް ކިޔަވައިދިނުމާއި އަދި ކިޔަވައިދިނުމާ ގުޅޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.
- ސެން ކުލާހުގެ ދަރިވަރުންގެ އިތުރު ޙަރަކާތްތައް ރާވައި ހިންގައި ބައިވެރިވެ މަސައްކަތްކުރުން.
ޝަރުޠު:
| 
 މަޤާމު  | 
 ރޭންކް  | 
 ކްލެސިފިކޭޝަން  | 
 ޝަރުތު  | 
 މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ރިލީފް ޓީޗަރ  | 
 GS3  | 
 ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1  | 
 ސާނަވީ ތަޢުލީމު ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު ދެ މާއްދާއިން ފާސްވެފައިވުން.  | 
 -/4500  | 
 -/1500  | 
| 
 މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު ދެ މާއްދާއިން ފާސްވެފައިވުން.  | 
 -/5500  | 
 -/1500  | 
|||
| 
 ރިލީފް ޓީޗަރ  | 
 GS4  | 
 ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 2  | 
 ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން  | 
 6090/-  | 
 2500/-  | 
އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް:
- އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިޢުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަބޫބަކުރު ސްކޫލުގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އަބޫބަކުރު ސްކޫލުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އަބޫބަކުރު ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަބޫބަކުރު ސްކޫލުގެ ނަންބަރު 6842550 ފޯނަށް ގުޅުއްވުން އެދެމެވެ.