މަސައްކަތް
ނަންބަރު: (IUL)101-AF/1/2016/77
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 22 ޖޫން 2016 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް

މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް

 1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދިވެހިރާއްޖޭގައި މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ތަޢާރަފުކުރަން ބޭނުންވެއެވެ.

 2. ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 7 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ވެލާނާގެ 11 ވަނަ ފަންގިފިލާގައިވާ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 14:00 ގައި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 3. މި މަސައްކަތަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް މަޢުލޫމާތު ސެޝަންގައި ހިއްސާކުރެވޭނެއެވެ.

 4. ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުމަށްފަހު، ތިރީގައިވާ އެޑްރެހަށެވެ.

Provision of Motorcycle Taxi Services

އެޑްރެސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

20-095 ,ބޮޑުތަކުރުފާނުމަގު، މާލެ

ދިވެހިރާއްޖެ

+960 3305808 : ފޯނު

 +960 3323840 : ފެކްސް

[email protected] : އީމެއިލް

 5. މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ހޮވުމާއި ނުހޮވުމުގެ ފުރިހަމަ އިޚުތިޔާރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ.

 6. ޕްރޮޕޯޒަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

 

24 މޭ 2016