ދިވެހިރާއްޖެ
އިޢުލާން
1437 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން:
މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި، ތިރީގައިމިވާ މަޤާމްތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ބޭނުންވެއެވެ.
މަޤާމް: |
ކައްކާ |
ބޭނުންވާ އަދަދު: |
10 (ދިހައެއް) |
ފެންވަރު ނުވަތަ ޝަރުޠު: |
- މައްކާއާއި، މަދީނާއާއި، މިނާގައި ދިވެހި ޙާޖީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން. - ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން. - ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން. - ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން. |
މަސްއޫލިއްޔަތު: |
ކާގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން. - ޙާޖީންނަށް ގަޑިން ގަޑިއަށް ކެއްކުން. - ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. |
މަޤާމް: |
ސަޕޯޓް ސަރވިސް އޮފިސަރ |
ބޭނުންވާ އަދަދު: |
6 (ހައެއް) |
ފެންވަރު ނުވަތަ ޝަރުޠު: |
- ޙައްޖު ދަތުރާއި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެގޮތުގައި މަސައްކަތްކޮށް، މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - އަރަބިބަސް ނުވަތަ އިނގިރޭސިބަސް ނުވަތަ އުރުދޫބަސް އެނގޭ ފަރާތެއްކަމުގައިވުން. |
މަސްއޫލިއްޔަތު: |
- ގަޑިން ގަޑިއަށް ކާންހެދުމާއި، ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން. - ކެއުމުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެދަށުން މަސައްކަތްކުރުން. - ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން. - މައްކާއާއި، މަދީނާއާއި، މިނާއާއި، ޢަރަފާތުގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް، ކޯޕަރޭޝަނުން އަންގާ ގޮތެއްގެ މަތިން ހަމަޖެއްސުން. - ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން. |
މަޤާމް: |
ކަސްޓަމަރ ސަރވިސް އޮފިސަރ |
ބޭނުންވާ އަދަދު: |
3 (ތިނެއް) |
ފެންވަރު ނުވަތަ ޝަރުޠު: |
- ޙައްޖު ދަތުރާއި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެގޮތުގައި މަސައްކަތްކޮށް، މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ޢަރަބިބަހުން މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން. |
މަސްއޫލިއްޔަތު: |
- ޙައްޖުވެރިންނަށް މައްކާ، މަދީނާގެ ހޮޓަލުގައި ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުންގެންދިއުން. - ހޮޓަލުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. - ޙައްޖުވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ހޮޓަލާ ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައްކުރުން. |
މަޤާމް: |
ޑޮކްޓަރު |
ބޭނުންވާ އަދަދު: |
3 (ތިނެއް) |
ފެންވަރު ނުވަތަ ޝަރުޠު: |
- މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުމާއެކު، ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ މީހަކުކަމުގައިވުން. - މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން. - ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން. - އަންހެނެއްނަމަ، 45 އަހަރުން މަތީގެ މީހެއްކަމުގައިވުން. - ޢަރަބިބަހުން ނުވަތަ އިގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން. |
މަސްއޫލިއްޔަތު: |
- ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުންނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން. - މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން. - ޙައްޖު ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން. |
މަޤާމް: |
ނަރުސް |
ބޭނުންވާ އަދަދު: |
6 (ހައެއް) |
ފެންވަރު ނުވަތަ ޝަރުޠު: |
- ނަރުސްކަމުގެ ސަނަދު އޮތުމާއެކު، މޯލްޑިވްސް ނަރސިންގ ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން. - ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް، މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ މީހަކުކަމުގައިވުން. - މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން. - އަންހެނެއްނަމަ، 45 އަހަރުން މަތީގެ މީހެއްކަމުގައިވުން. - އިނގިރޭސި، ޢަރަބި، އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތްކުރަން އެނގޭ މީހަކުކަމުގައިވުން. |
މަސްއޫލިއްޔަތު: |
- ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން. - މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެދަށުން މަސައްކަތްކުރުން. - ޙައްޖު ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތުގައި ބައިވެރިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ. - މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް. |
ސުންގަޑި: |
2016 ޖޫން 5 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
- މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބިބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖާއި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މި ކޯޕަރޭޝަނުގެ އީމެއިލް [email protected] އަށް ހުށަހެޅުން އެދެމެވެ. - އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3011000 ނަންބަރު ފޯނަށެވެ. |
16 ޝަޢުބާން 1437