ކުއްޔަށް ހިފުން
ނަންބަރު: (IUL)101-EP/1/2016/76
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 02 ޖޫން 2016 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދ. ކުޑަހުވަދޫގައި އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދ. ކުޑަހުވަދޫގައި އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މި މިނިސްޓްރީގެ ނަންބަރު: (IUL)101-EP/1/2016/57) (09 މޭ 2016) އަދި (IUL)101-EP/1/2016/66) (16 މޭ 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ތިން ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ދ .ކުޑަހުވަދޫގައި ޖާގައިގެގޮތުން 900 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށްވިޔަސް ގްރައުންޑް ފްލޯރއިން 900 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށް ވާނަމަ ގަބޫލުކުރެވޭނެއެވެ.

އަގު ހުށަހެޅޭނެ ފަރާތްތަށް

  1. 900 އަކަފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
  2. އެހެން ޢިމާރާތަކާއި ގުޅިފައިހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ބިމުގެ ޖާގައިގެ ގޮތުން 900 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
  3. އެއްބުރިއަށްވުރެ ގިނަބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތަކީ ލިފްޓްހުރި ޢިމާރާތެއްނަމަ، އެ ޢިމާރާތުން 900 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.

ޢިމާރާތާބެހޭ މަޢުލޫމާތު

- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއް) ހުރި ޢިމާރާތަކަށް ވުން

- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ އޭރިއާއަކާއި ފާޚާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ކޮޓަރިއެއް ހުރުން.

- ޢިމާރާތުގެ ބޮޑުމިން ގާތްގަޑަކަށް 900 އަކަފޫޓު. (މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރެވޭ ވަރުގެ ޖާގަ)

- ޢިމާރާތް މަދުވެގެން 5 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.

- އޮފީސް އިމާރާތުގައި ދިދަ ދަނޑިއެއް ދިދަ ނެގުމަށް ހުންނަންވާނެއެވެ.

ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީއިން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.

- ޢިމާރާތަށް މަރާމާތެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން  ނެގުން

- އޮފީސް ބަންދު ގަޑީގައާއި ބަންދު ދުވަސްދުވަހު އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން

- މިހާރުގެ އޮފީސް އިމާރާތުގައި ހުރި މި ސެންޓަރުގެ ފަރުނީޗަރު އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން

ހުށަހަޅަންޖެހޭ ތަކެތި

  1. މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާފަރާތުން ހުށަހަޅާ ގޮތް
  2. ޢިމާރާތުގެ ކުލި (މަހަކަށް).
  3. ކުއްޔަށް ދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
  4. ކުއްޔަށް ދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
  5. ކުއްޔަށް ދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންކަމުގައި ވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ކުއްޔަށް ދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންނޫން ފަރާތަކުންނަމަ ކުއްޔަށްދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އަގު ހުށަހެޅުން

  1. އަގު ހުށަހެޅުމަށްޓަކައި މައުލޫމާތު ޝީޓާއިއެކުގައިވާ "ބިޑް ހުށަހަޅާ ފޯމް" ބޭނުންކުރައްވާށެވެ. ބިޑް ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރުން ލިބެން ހުންނާނެއެވެ.
  2. ހުށަހަޅާ އަގަށް ބިޑް ހުށަހަޅާ ދުވަހުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

ޑެލިވަރީ

  1. މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
  2. ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދު ދުވަސް ހިމަނައިގެން ދުވަހުންނެވެ.

މާރކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ

މާރކްސްދެވޭ ކްރައިޓީރިޔާ

މާރކްސްދެވޭ %

ތަފުސީލު

ފޯމިއުލާ

އަގު

50

  • ހުށަހަޅައިފައިވާ އަގަށް ދޭ މާކްސް

މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark price / Submitted price) X Allocate percentage

ތަނުގެ ބޮޑިމިން

10

  • ހުށަހަޅައިފައިވާ ތަނުގެ ބޮޑުމިނަށް ދޭ މާރކްސް

މާކްސްދެވޭނީ ހުށަހަޅާ އެންމެ ބޮޑުތަނަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަނެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark size / Submitted size) X Allocate percentage

ޑެލިވަރީ ޕީރިއަޑް

10

  • ތަކެތި މިނިސްޓްރީއާއި ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް

މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) X Allocate percentage

މަރާމަތަށް ވެރިފަރާތުން ޒިންމާ ނެގުން

20

  • އިމާރާތަށް ވަންނަ އިރު އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް މިމިނިސްޓްރީއިން ބޭނުންވާ ގޮތަށް ބަދަލުކޮށްދިނުމަށް ވެރިފަރާތުން ޒިންމާނަގާނަމަ މިބަޔަށް 20% ލިބޭނެއެވެ.
  • If owner takes full responsibility for renovations 20% will be allocated for that bid
 

ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން

10

  • މިހާރު އޮފީސް ހިނގަމުންދާ އިމާރާތުގައިހުރި ފަރުނީޗަރު، އައު އޮފީސް އިމާރާތަށް ބަދަލުކޮށްދިނުމަށް ލިބޭނެއެވެ.
  • IF arrangements have been made for transferring furniture to new building  5% will be allocated
 

އަންދާސީހިސާބު ހުށަހެޅުން

  1. އަންދާސީހިސާބު ހުށަހަޅާނީ މަޢުލޫމާތު ކަރުދާހާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމް" އިންނެވެ. މި ފޯރމް ހިމަނާފައިނުވާ ބިޑް ޕްރޮޕޯސަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
  1. އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.

ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ،

މަލްޓިޕާރޕަސް ބިލްޑިންގް 1 ފްލޯރ،

ދ.ކުޑަހުވަދު،  ދިވެހިރާއްޖެ.

ފޯން ނަންބަރު: 6760538، 6760533

ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މިމިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 29 މެއި 2016 ވަނަ ދުވަހުގެ 11:00 ގައި ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު އަންނަނަމަ އެކަން އެނގޭ ލިޔުމެއް ގެންނަން ވާނެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 ޖޫން 2016 ވަނަ ދުވަހުގެ 11:00 އަށް ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6760533 ނުވަތަ 9186618 އާ ގުޅުއްވުން އެދެމެވެ.

17  ޝަޢުބާން 1437

 

24 މޭ 2016