ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD/434/2016/13
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 05 ޖޫން 2016 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރުގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :މެޑިކަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް

ރޭންކް: CS12- 1

މުސާރަ

މަހަކު -/15,090ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/8,250 ރުފިޔާ

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ / ސ.ހިތަދޫ (މެޑިކަލް ސަރވިސް ޔުނިޓް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެން.ޑީ.އޭގެ ދަށުން ސ.ހިތަދޫގައި ހިނގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
  2. ކްލައިންޓުންނަށް ދެވޭ ފަރުވާއާ ގުޅޭގޮތުން ދޭންޖެހޭ ކައުންސެލިންގ ދިނުމުގެ މަސައްކަތްކުރުން.
  3. ކްލައިންޓުންނަށް ދެވޭ ފަރުވާ (ޞިއްޙީ ފަރުވާއާއި ނަރުހުންގެ ފަރުވާ) އަކީ އެންމެ އެކަށީގެންވާ މިންގަނޑެއްގައި ދެވޭ ފަރުވާތަކެއްތޯއާއި ފަރުވާގެ ނިޒާމު ރަނގަޅަށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
  4. ފަރުވާ ދެވޭ ކްލައިންޓުންގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި ކްލައިންޓުންގެ ޑާޓާ ތައްޔާރުކޮށް ބެލެހެއްޓުން.
  5. ޑިޓޮކްސިފިކޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެހައި މަސައްކަތްތައް ހިނގާނުހިނގާގޮތް ކޯޑިނޭޓްކުރުމުގެ މަސައްކަތްކުރުން.
  6. ޒުވާނުންނާއި މުޖުތަމަޢު، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކްލައިންޓުން، ސްކޫލް ޓީޗަރުން، ދަރިވަރުން، ސަރުކާރުގެ އޮފީސްތައް އަދި އެން.ޖީ.އޯސްތަކަށް މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
  7. ޑްރަގް އެޑިޔުކޭޝަން، ސުއިސައިޑް ޕްރިވެންޝަން، ސައިކޭޓްރިކް ފަރުވާއާ ބެހޭގޮތުން ކަމާގުޅޭ އިދާރާތަކަށް ވާރކްޝޮޕް ހިންގުން.
  8. ޑްރަގް އެޑިޔުކޭޝަން ސެމިނަރތަކާއި ކްލާސްތައް، ހެލްތު އެޑިޔުކޭޝަން ސެޝަންތައް ކައުންސެލަރުންނާއި ކްލައިންޓުންނަށް ނަގައިދިނުމުގެ އެންމެހައި މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ

މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓް: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހި ބޭފުޅުންނަށެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ބިދޭސީ މުވައްޒަފަކު ނެގޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ލިޔުން)
  3. މެޑިކަލް އޮފިސަރުންގެ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ހުށަހަޅަންވާނެއެވެ. މިލިޔުން ހުށަނާޅުއްވާ ފަރާތްތަކުން މެޑިކަލް އޮފިސަރުގެ މަޤާމުތަކަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  4. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  8. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 
  9. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

05 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061 އެވެ. ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް (www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

24 މޭ 2016