ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)A-385/2016/18
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 14 ޖޫން 2016 14:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:


މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: މަސައްކަތު

 މަޤާމުގެ ނަންބަރު:

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އޮފީސް: ތ. ދިޔަމިގިލީ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން: ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން އަންގާ ތަނެއްގައި

ރޭންކް: އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންކަން:

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓު.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު.

- މަސައްކަތުގެ ތަޖުރިބާއާއި، މަޢުލޫމާތާއި، ހުނަރުހުރި މިންވަރު.

- މަސައްކަތުގެ ސާފުތާހިރުކަން.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތު:

1. ކައުންސިލްގެ އިދާރާ ފޮޅައި ސާފުކުރުމާއި، ކައުންސިލްގެ އިދާރާއާއި، އިދާރާއާ ގުޅިފައިވާ ތަންތަނާއި އިދާރާ ގޯތިހިމެނޭ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2. އޮފީހުގެ ގޯތިތެރޭގައި ގަސްއިންދައި ހެއްދުމަށް މަސައްކަތްކުރުމާއި، ގަސްތަކަށް ފެންދީ، ގަސްތައް ކޮށައި ބެލެހެއްޓުން.

3. އޮފީހަށް ހާޒިރުކުރަންޖެހޭ މީހުން އޮފީހަށް ހާޒިރުވުމަށް އެންގުން.

4. އޮފީހުން އާންމުކުރަންޖެހޭ އިޢުލާނުފަދަ ލިޔުންތަކާއި، ތަކެތި އާންމުންނަށް ފެންނަ ތަންތަނުގައި ބެހެއްޓުން.

5. ރައްޔިތުންނަށް ގޮވަންޖެހޭ ކަންތައްތަކަށް ރައްޔިތުންނަށް ގޮވުމާއި (ރައްޔިތުންނަށް އެންގުމާއި)، ކޮމިޓީތަކަށާއި، ޖަލްސާތަކަށް ކިޔަންޖެހޭ ފަރާތްތަކަށް ކިއުން.

6. ޖަލްސާތަކަށް ތައްޔާރުކުރަންޖެހޭ ތަންތަން ތައްޔާރުކުރުން.

7. އޮފީހުން ކުރިއަށްގެންދާ ރަށުގެ ތަރައްޤީއާ ގުޅޭ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތު ދާއިރާގެ ތަރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

8. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގާ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ  ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ  މަޤާމަށް  ހޮވިއްޖެނަމަ،  އަދާކުރަމުންދާ  ވަޒީފާއިން  ވަކިވުމާމެދު  އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ) 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު

ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން  

ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

ނޯޓު: އިންޓަވިއުއަށް ހާޒިރުވާއިރު، މި ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ސުންގަޑި:

2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ދިޔަމިގިލީ ކައުންސިލްގެ އިދާރާއަށް.

އިންޓަވިޔުކުރުން:

ވަޒީފާއަށް  ކުރިމަތިލާ  ފަރާތްތަކުގެ  ތެރެއިން  ޝަރުޠު  ފުރިހަމަވާ  ފަރާތްތަކަށް  ބޭއްވޭ  އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، މި އިޢުލާނަށް މުއްދަތު ހަވަމާވާތާ 10 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އެންގޭނެއެވެ. އިންޓަވިއުއަށް ނުހޮވޭ ފަރާތްތަކަށްވެސް، އިންޓަވިއުއަށް ނުހޮވުނު ސަބަބު ބަޔާންކޮށް، މަތީގައި ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ހޮވުނު ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780004 ނަންބަރު ފޯނަށެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

11 ޝަޢުބާން 1437

18 މޭ 2016