ތަމްރީނު
ނަންބަރު: MNU-CA-RG/2016/165
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 07 ޖޫން 2016 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އޮފް އެޑިއުކޭޝަން / މާސްޓަރ އޮފް އެޑިއުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕް)

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ދެ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށާނީ  2016 މޭ 24 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. މި ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 2016 ޖޫން ވާ އަންގާރަ ދުވަހު އެވެ.  ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަން

1. މާސްޓަރ އޮފް އެޑިއުކޭޝަން

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ:   35

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ގދ.ތިނަދޫ ، ބްލޮކް މޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 7 ގެ ސަނަދެއް އޮތުން. ނުވަތަ

ށ. ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވަނީ އިނގިރޭސި ބަހުން ނޫންނަމަ، އޯޑިނަރީ ލެވެލްގެ އިމްތިޙާނަކުން އިނގިރޭސިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

2. މާސްޓަރ އޮފް އެޑިއުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕް)

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

ޖާގަ: 35

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ ، ބްލޮކް މޯޑް

23 މޭ 2016