ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2016/74
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 09 ޖޫން 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީއަށް، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

01. މަޤާމު

ސީނިއަރ ލޭބަރ އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ނަންބަރު

256967

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް 2

މުސާރައާއި އިނާޔަތްތައް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ލޭބަރ އެންޑް އެމްޕްލޯއިމަންޓް / ލޭބަރ މާކެޓް އިންފޮމޭޝަން އެންޑް އެމްޕްލޯއިމަންޓް ސަރވިސަސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން އިތުރުކުރުމުގެ ގޮތުން މަސައްކަތަށް އަހުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމްތަކުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  2. ރާއްޖޭގައި އެމްޕްލޯއިމަންޓް އެޖެންސީތައް ހިންގަމުންދަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޓްކުރުން
  3. ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާބެހޭ ކަންތައްތައް ކުރުން
  5. ވަޒީފާގެ ބަޒާރާބެހޭ ތަފާސްހިސާބު ހެދުން
  6. ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމާބެހޭ މަސައްކަތްތަކާއި ޤާބިލު މީހުން އުފެއްދުމަށްޓަކައި ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން
  8. ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  9. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ސްޓެޓިސްޓިކްސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ސްޓެޓިސްޓިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4. ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަރވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 09 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected]   އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަސް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

- މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

15 ޝަޢުބާން 1437

22 މޭ 2016