ތަމްރީނު
ނަންބަރު: (IUL)450-CA/1/2016/19
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 31 މޭ 2016 14:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ ހިންގައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޓްރެއިނިންގ ހިންގައިދޭނެ ފަރާތެއް ހޯދުން   

މި އޮތޯރިޓީގެ މުވައްޒަފުންނަށް ތިރީގައިވާ މައުޟޫޢުތަކަށް ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)450-CA/1/2016/16 އިޢުލާނުގެ ސުންގަޑިއަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ 2 ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމަވެ. ވީމާ، ތިރީގައިވާ މައުޟޫޢުތަކަށް ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ނުވަތަ އެ މައުޟޫޢުތަކަށް މިހާރުވެސް ހިންގަމުންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި މި އޮތޯރިޓީގެ މުވައްޒަފުން ބައިވެރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • Formal language (English) Written & spoken
  • Presentation skills with Body Language
  • Report Writing Skills
  • Research Skills (Statistical Analysis)
  • Basic and Advance Photoshop & CorelDraw
  • Advance Microsoft Excel & Word
  • Project Management skills
  • Monitoring and Evaluation Skills

ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 31 މޭ 2016 ވަނަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް އެކުލަވާލުމުގައި ސަމާލުވާންވީ ބައެއް ނުކުތާތައް

  • ކޮންމެ ޕްރޮގްރާމެއް ތައްޔާރުކޮށް ކުރިއަށް ގެންދާނެ ގޮތާއި، ތަމްރީނު ޕްރޮގްރާމް ގިނަވެގެން ހިންގާނެ މުއްދަތު ކަނޑައަޅާނީ ޕްރޮގްރާމް ހިންގާ ފަރާތުންނެވެ. ނަމަވެސް ކޮންމެ ޕްރޮގްރާމަކީ މަދުވެގެން 12 ގަޑިއިރުގެ "ކޮންޓެކްޓް އަވަރސް" ފުރިހަމަކުރާ ޕްރޮގްރާމަކަށް ވާންވާނެއެވެ. 
  • ތަމްރީނު ހިންގަން ހުށަހަޅާ ފަރާތަކީ، މިފަދަ ތަމްރީނުތައް އެހެން އިދާރާތަކަށް ހިންގައިދީފައިވާ ނުވަތަ މިފަދަ ތަމްރީނުތައް ހިންގުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ވާންވާނެއެވެ.
  • ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވާ ފަރާތްތަކަކީ، ކަމާ ގުޅުންހުރި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ނުވަތަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައިވާންޖެހޭނެއެވެ.
  • ތަމްރީނު ހިންގާނެ ކްލާސްރޫމާއި ޕްރޮޖެކްޓަރ އަދި ޕްރޮގްރާމާ ގުޅޭ އެހެނިހެން އިދާރީ ކަންތައްތަކުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުރިހާ ޚަރަދުތަކަށް ޒިންމާވާނީ ތަމްރީނު ޕްރޮގްރާމް ހިންގާ ފަރާތުންނެވެ.
  • ތަމްރީނު ފުރިހަމަކުރާ މުވައްޒަފުންނަށް ސެޓުފިކެޓެއް ދިނުން.

ޕްރޮޕޯޒަލްގައި ހިމަނަންވީ ބައިތައް:

  • ޕްރޮގްރާމެއް ހިންގުމަށް ބޮލަކަށް ހުށަހަޅާ އަގު
  • ޕްރޮގްރާމުގެ ކޮންޓެންޓް
  • ޕްރޮގްރާމް ހިންގާނެ ގޮތުގެ ތަފުސީލު
  • ޕްރޮގްރާމް ހިންގުމަށް ހުށަހަޅާ ތާރީޚުތަކާއި ވަގުތުތައް  
  • ޕްރޮގްރާމް ހިންގާ ފަރާތުގެ (ފެސިލިޓޭޓަރ) ސީވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް (ރަޖިސްޓްރޭޝަން އަދި ޖީއެސްޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) އަމިއްލަ ފަރާތެއްނަމަ އައި.ޑީކާޑުގެ ކޮޕީ
  • މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް

ޕްރޮޕޯޒަލްގައި ހިމަނަންޖެހޭނެ ބައިތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް

  • ތަމްރީނު ޕްރޮގްރާމްގެ ކޮންޓެންޓް - %30
  • ތަމްރީނު ހިންގާ ފަރާތުގެ ކޮލިފިކޭޝަނާއި ތަޖުރިބާ - %30
  • ތަމްރީނު ހިންގުމަށް ބޮލަކަށް ހުށަހަޅާ ފީ - %25
  • ތަމްރީނު ހިންގަން ފެށުމަށް ހުށަހަޅާ ތާރީޚު - % 15

އިތުރު މަޢުލޫމާތު ހޯދުމަށް

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

16 ޝަޢުބާން 1437

23 މޭ 2016