ދިވެހިރާއްޖެ
އިޢުލާން
ހދ. ކުމުންދޫގައި އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތް ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން
ހދ. ކުމުންދޫގައި އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތް ކޮންޓްރެކްޓް އުސޫލުން ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރައްވައި، ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުން |
ތަން |
26 މޭ 2016 (ބުރާސްފަތި) 13:00 |
01 ޖޫން 2016 (ބުދަ) 13:00 |
ކުމުންދޫ ކައުންސިލްގެ އިދާރާ |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން 14:00 އަށް 6520034 ނަންބަރު ފޯނާއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޝަޢުބާން 1437