މަސައްކަތް
ނަންބަރު: (IUL)301-PN/301/2016/27
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 24 މޭ 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް

އިޢުލާން

މަސްޖިދުއް ތާލުފް އަދި މަސްޖިދުލް ހިދާޔާގެ އާބާތުރަ ފިލުވުމަށް ބޭނުންވެއްޖެ

ރ.އަނގޮޅިތީމު މަސްޖިދުއް ތާލުފްއާއި މަސްޖިދުލް ހިދާޔާގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއްޖެއެވެ. ކޮންޓެކްޓް އުސޫލުން އަމިއްލަ ތަކެތީގައި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢުލޫމާތު ދިނުން އޮންނާނީ 24 މޭ 2016 ވާ އަންގާރަ ދުވަހުގެ 1:30 ގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 26 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސްރޫމުގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު، އައި.ޑީ.ކާޑުގެ އަސްލު ގެންނަންވާނެއެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ހަވާލުކުރުމުގައި ބަލާނެ މިންގަނޑު:

މަސައްކަތުގެ އަގު: % 85

މަސައްކަތުގެ ތަޖުރިބާ: % 5

މަސައްކަތުގެ މުއްދަތު: % 10

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 ޝަޢުބާން 1437 

18 މޭ 2016