ކުއްޔަށް ދިނުން
ނަންބަރު: C-422/2016/22
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 01 ޖޫން 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ގދ. ފިޔޯރީ އުތުރުފަރާތުގެ ސަރަހައްދުގައި އޮތް 50,000 (ފަންސާސް ހާސް) އަކަފޫޓުގެ ބިން 50 ( ފަންސާސް ) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކުރި މިއިދާރާގެ ނަންބަރު: C-422/2016/17 (23 މާރިޗު 2016) ބީލަން ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބިޑް ހުށަހެޅި 3 ފަރާތުގެ ތެރެއިން ދެފަރާތުން ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުށަހަޅާފައިވާ ނުވުމުގެ ސަބަބުން އެ ދެފަރާތް ޑިސްކޮލިފައިވެފައިވާތީ އެބީލަން ބާޠިލުކޮށް، އަލުން ބީލަން ހުޅުވާލަމެވެ. އެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާގޮތަށް ބިޑް ތައްޔާރުކޮށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

1. ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓެލްއެއް ޢިމާރާތްކޮށް އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް 22 މޭ 2016 ވާ އާދީއްތަ ދުވަހުގެ 09:00 އިން ފެށިގެން 31 މޭ 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހުގެ 2:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.

  ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ

  މަގު: އަމީނީމަގު

  ރަށް: ގދ. ފިޔޯރީ

  ދިވެހިރާއްޖެ

  ޓެލެފޯނު ނަންބަރު: 6840008

  ފެކްސް ނަންބަރު: 6840008

  އީމެއިލް އެޑްރެސް: [email protected]

2. މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅުއްވާނީ ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ގދ. ފިޔޯރީ ކައުންސިލް އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ގދ. ފިޔޯރީ ކައުންސިލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

3. ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖޭން ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮތުމަކީ މައްސަލައެއް ނޫނެވެ. މާނައަކީ، ދިވެހި ރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ހިއްސާވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށްވެސް މި ބިޑްގައި ބައިވެރިވެވިދާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/400 (ހަތަރުސަތޭކަ) ރުފިޔާއަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭނެ ފައިސާއެއް ނޫނެވެ.

4. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަނަ ބޭނުންވާ ފަރާތް ނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑްޑޮކިއުންމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ޕާރޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5. ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 01 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިޢުލާން ކުރެވޭ އެހެންތަނެއްގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި 12 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިއުލާންކުރެވޭ އެހެންތަނެއްގައެވެ.

6. ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމުގައި 12 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި، ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިޢުލާން ކުރެވޭ އެހެން ތަނެއްގައެވެ. 

12 ޝަޢުބާން 1437

19 މޭ 2016