ދިވެހިރާއްޖެ
އިޢުލާން
ކޮނޑޭ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން:
ކޮނޑޭ ބަނދަރު ސަރަހައްދުން އާންމު ވިޔަފާރިއަށް 10 އަހަރުދުވަހުގެ މުއްދަތަށް 12 ބިން ކުއްޔަށް ދިނުމަށް ކޮނޑޭ ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ބިމުގެ އަދަދު |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ގއ.ކޮނޑޭ ބަނދަރު ސަރަހައްދު |
ހޮޓާ ކެފޭ |
1200 އަކަފޫޓު |
02 |
އަކަފޫޓަކަށް މަހަކު 40/- ލާރި |
2 |
" |
ހާޑުވެއަރ |
1200 އަކަފޫޓް |
02 |
އަކަފޫޓަކަށް މަހަކު 40/- ލާރި |
3 |
" |
ސުވެނިއަރ |
1200 އަކަފޫޓް |
02 |
އަކަފޫޓަކަށް މަހަކު 40/- ލާރި |
4 |
" |
އާންމު ތަކެތި |
1200 އަކަފޫޓް |
04 |
އަކަފޫޓަކަށް މަހަކު 40/- ލާރި |
5 |
" |
އެހެނިހެން |
1200 އަކަފޫޓް |
02 |
އަކަފޫޓަކަށް މަހަކު 40/- ލާރި |
ބިން ތަރައްޤީކުރުން
ބިން ލިބިއްޖެނަމަ އެބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައް:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް ކުރާނެ ކަންކަން ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑުކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް
ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
50% |
|
ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތަށް |
20% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
30% |
|
08 ޝަޢުބާން 1437