ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ ހިތަދޫ އަވަށުގައި ކުރިން ލޯކަލް މާރުކޭޓްގެ ގޮތުގައި ބޭނުންކުރި ޢިމާރާތާއި އެތަނާ އިންވެގެން ހުންނަ މަސްމާރުކޭޓް ޢިމާރާތް ކުއްޔަށް ދޫކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AB/426/216/88 އިޢުލާނަށް މުއްދަތު އިތުރުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
މި ދެ ޢިމާރާތުގެ ތެރެއިން މަސްމާރުކޭޓުގައި ކުރެވޭނީ މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތަކެވެ، އަދި ލޯކަލް މާރުކޭޓުގައި ބޭނުންކުރެވޭނީ މަސްވެރިކަމާއި، ދަނޑުވެރިކަމާ ގުޅުންހުރި ވިޔަފާރިކުރުމަށެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ވަކި ޚާއްސަ ބައްދަލުވުމެއް ނޯންނާނެއެވެ. މި ދެ ޢިމާރާތް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ މުއްދަތަކީ 10 އަހަރުދުވަހެވެ.
ހުށަހަޅާ ޕްރޮޕޯޒަލްތަކުގައި، މިދަންނަވާ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.
- އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑުގެ ކޮޕީ
- ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްނަމަ ރަޖިސްޓަރީގެ ކޮޕީ
- ކުންފުނީގެ ޕްރޮފައިލް
- ތަޖުރިބާ
- ކުލި
- ހުށަހެޅުން (ތަން ތަރައްޤީކުރުމަށް ހުށަހަޅާގޮތުގެ ތަފުސީލާއި އިންވެސްޓްމެންޓްގެ އަގު)
- ސީ.އެސް.އާރުގެ ދަށުން ކޮށްދެއްވާނެ ކަންތައްތައް (ތަފުސީލު)
- ކުއްޔަށް ހިފުމަށް ހުށަހަޅާ ޢިމާރާތް، ޕްރޮޕޯޒަލްގައި އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
އިވެލުއޭޝަންގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިދަންނަވަނީއެވެ.
- އަގަށް: % 40
- ހުށަހެޅުމަށް: % 30
- ތަޖުރިބާއަށް % 20
- ސީ.އެސް.އާރަށް % 10
މިކަމަށް އެދި އީމެއިލްގެ ޒަރީޢާއިން ވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
އިތުރު މަޢުލޫމާތު:
މި ދެ ޢިމާރާތް ބަލަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ލޯކަލް މާރުކޭޓް ޢިމާރާތް ބަލަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެކަމުގެ އިންތިޒާމު ހަމަޖައްސަވައިދެވޭނެއެވެ. މިކަމާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑިގައި މި ނަންބަރު 6880043 ފޯނަށް ގުޅުއްވުން އެދެމެވެ.
ލޯކަލް މާރުކޭޓުގެ ބޮޑުމިން: 50 100x ފޫޓު
މަސްމާރުކޭޓް ގޯތީގެ ބޮޑުމިން: 50 100x ފޫޓު
ދެ ޢިމާރާތުގެ ބޮޑުމިން : 100 100x ފޫޓު
12 ޝަޢުބާން 1437