ކުއްޔަށް ދިނުން
ނަންބަރު: (IUL)426-AB/426/2016/106
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 19 ޖޫން 2016 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އިޢުލާން

ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން:

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ހިތަދޫ އަވަށުގައި ޤާއިމުކުރާ "ސިޓީ ބާޒާރު" ގެ 30 ފިހާރައިގެ ތެރެއިން މިހާރު ޢިމާރާތްކޮށް، ނިމިފައިވާ 10 ފިހާރަ ކުއްޔަށް ދިނުމަށް ވަނީ ނިންމަވާފައެވެ. 

އެކިބާވަތުގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ މި ފިހާރަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ސެޓު ގަންނަން ލިބޭނީ އައްޑޫސިޓީ ކައުންސިލުގެ އިދާރާއިންނެވެ. ފޯމު ސެޓެއްގެ އަގަކީ، -/150 ރުފިޔާއެވެ. ފޯމާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 19 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ހޯލުގައެވެ.

12 ޝަޢުބާން 1437

19 މޭ 2016