މަސައްކަތް
ނަންބަރު: MMS-A/2016/21
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 31 މޭ 2016 10:30
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ވެހިކަލެއް މަރާމާތުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ 2  ވެހިކަލް މަރާމާތު ކުރުމަށް ބޭނުންވެއްޖެ

އިބުރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ 2  ވެހިކަލް މަރާމާތުކުރުމަށް ބޭނުންވެެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 26 ވާ ބުދަދުވަހުގެ 10:30 ގައި ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 31 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3323084 އަށް ގުޅުއްވުން އެދެމެވެ.

15 ޝަޢުބާން 1437

 

22 މޭ 2016