ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)28-FA-1/1/2016/49
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 30 މޭ 2016 11:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްއަށް 5 ރިޔަލު ދޯނި ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެމް.އެން.ޑީ.އެފްއަށް ރިޔާ ނަގާ 5 ދޯނި ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަންކޮށްދޭން އެދޭ ފަރާތްތަކުން 2016 މޭ 30 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ޖޫން 09 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް މަޢުލޫމާތު އޮޅުންފިލުވުމަށް ހާޒިރުވާ ފަރާތްތަކަކީ މި މަސައްކަތާގުޅޭ ޓެކްނިކަލް މަޢުލޫމާތު ހުރި ބޭފުޅުންނަށް ވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

މިކަމަށް މީގެ ކުރިން ކުރި މި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2016/22 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ބައެއް ޓެކްނިކަލް މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

22 މޭ 2016