ދިވެހިރާއްޖެ
އިޢުލާން
އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާގުޅޭ
މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ, މިކަމަށް ޝައުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 26 މޭ 2016 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 31 މޭ 2016
އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު
11 ޝަޢުބާން 1437