މަސައްކަތް
ނަންބަރު: (IUL)426-AB/426/2016/109
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 26 މޭ 2016 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޭދޫއަވަށުގެ ވޮލީކޯޓުގައި ފެންސް ނުޖެހިވާބައިގައި ފެންސް ޖަހައި ގޭޓްލުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީގެ ފޭދޫއަވަށުގެ ވޮލީކޯޓުގައި ދާޖަހައި ގޭޓްލުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް

އައްޑޫސިޓީގެ ފޭދޫއަވަށުގެ ވޮލީކޯޓުގައި ފެންސް ނުޖެހިވާބައިގައި ފެންސް ޖަހައި ގޭޓްލުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މޭ 2016 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖޫން 2016 ވާ ބުދަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

12 ޝަޢުބާން 1437 

19 މޭ 2016