ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD/434/2016/11
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 29 މޭ 2016 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ސޯޝަލް ސަރވިސް ވޯރކަރ، ކައުންސެލަރ އަދި އެސިސްޓެންޓް ކައުންސެލަރ މަގާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :ސޯޝަލް ސަރވިސް ވޯރކަރ
ބޭނުންވާ އަދަދު :1

މަޤާމު

ސޯޝަލް ސަރވިސް ވޯރކަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް (ހުޅުމާލެ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފަރުވާހޯދާ ފަރާތްތަކުގެ އާއިލާތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
  2. މުޖްތަމަޢު ހޭލުންތެރި ކުރުމުގެ ގޮތުން ހިންގޭ އެކިއެކި ހަރަކާތްތައް ރާވައި ހިންގުން.
  3. ކައުންސިލަރުންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. އަމިއްލަ ޖަމުއިއްޔާ ޖަމާޢަތްތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  5. ކްލައިންޓުންގެ އެސެސްމަންޓް ހެދުން.
  6. ކްލައިންޓުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތައް ރާވައި އެ މަސައްކަތުގައި އެހީތެރިވެދިނުން.
  7. ކޮމިއުނިޓީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސެކްޝަނާއި ހަވާލުވެ ހުންނެވި ފަރާތަކާއި މަޝްވަރާކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
  8. މަސްތުވާތަކެއްޗާ ގުޅުންހުރި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކުގެ ޕްރޮގްރާމާއި ޙަރަކާތްތަކުގެ މަސައްކަތްކުރުން.
  9. ކްލައިންޓުންނަށް ހިންގޭ ކްލާސްތައް، މޮޑިފައިކޮށް، މޮނިޓަރކޮށް އަދި ގެންނަންޖެހޭ ބަދަލުތައް ގެނެސް މޮނިޓަރކުރުން.
  10. ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އަދި އޭގައިވާ ސެމިނާ، ވާރކްޝޮޕް ފަދަ ކަންކަން އޭގައިވާގޮތަށް ރާވާ ހިންގުން.
  11. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން  ނުވަތަ
  4. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމް :ކައުންސެލަރ
ބޭނުންވާ އަދަދު :1

މަގާމު

ކައުންސެލަރ 

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ / ސ. ހިތަދޫ (ކްލިނިކަލް ސަރވިސަސް ޔުނިޓް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޓްރީޓްމެންޓް ސެންޓަރުތަކުން ނިކުންނަ ކްލައިންޓުންނަށާއި ބެލެނިވެރިންނަށް ޑްރަގް ޓްރީޓްމެންޓް އެންޑް ރިހަބިލިޓޭޝަން ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތަށް ރާވައި ހިންގުން.
  2. ކްލައިންޓުންގެ ފައިލުތައް އަޕްޑޭޓް ކުރުމާއި ރިކޯޑުތައް ބެލެހެއްޓުން.
  3. ކްލައިންޓުންގެ ޕްރޮގްރެސް ރިޕޯޓު ތައްޔާރުކޮށް ޤާނޫނީ ކޮމެޓިއަށް ހުށަހެޅުން
  4. ޑިޓޮކްސިފިކޭޝަން ސެންޓަރ އަދި ކޮމިއުނިޓީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދަނެގަނެ، ސެކްޝަން ހަވާލުވެ ހުންނެވި ފަރާތަކާއި މަޝްވަރާކޮށްގެން ހިންގުން.
  5. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލް އަޤުވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  6. ކްލިނިކަލް ކަންތައްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

މަގާމުގެ ޝަރުޠު

  1. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިންގގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ                                                 
  2. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ 
  3. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
މަޤާމް :އެސިސްޓެންޓް ކައުންސެލަރ
ބޭނުންވާ އަދަދު :1

މަގާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  (ޖީ. އެސް 4)

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް / ހުޅުމާލެ (ކްލިނިކަލް ސަރވިސަސް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުން
  2. ކްލައިންޓުންގެ ރިކޯޑްތައް ބެލެހެއްޓުން.
  3. ކްލައިންޓުންގެ ރިޕޯޓްތައް ނިންމައި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  4. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.
  5. އިންޑިވިޖުއަލް އަދި ފެމެލީ ކައުންސެލިން ދިނުން

މަގާމުގެ ޝަރުޠު

ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން  .

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން)
  3. ކައުންސެލަރ އަދި އެސިސްޓެންޓް ކައުންސެލަރ މަޤާމުތަކަށް ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ (ކައުންސެލިންގ ޕްރެކްޓިސް ކުރުމުގެ ލައިސަންސް) ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅުއްވާ ފަރާތްތަކުން ސީނިއަރ ކައުންސެލަރ، ކައުންސެލަރ އަދި އެސިސްޓެންޓް ކައުންސެލަރ މަޤާމުތަކަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  4. ސޯޝަލް ސަރވިސް ވޯރކަރ މަޤާމުތަކަށް ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ (ސޯޝަލް ސަރވިސް ވޯރކަރ ލައިސަންސް) ލިޔުން ހުށަހަޅަންވާނެއެވެ. މިލިޔުން ހުށަނާޅުއްވާ ފަރާތްތަކުން ސޯޝަލް ސަރވިސް ވޯރކަރ މަޤާމުތަކަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  5. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  8. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061 އެވެ. ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް www.nda.gov.mv)) އަދި ސިވިލް ސަރވިސް ވެބްސައިޓުގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

18 މޭ 2016