ދިވެހިރާއްޖެ
އިޢުލާން
ރ. މާކުރަތު މަސްޖިދުއްސަލާމުގެ ބައެއް މަރާމާތުތައް ކުރުމާގުޅޭ
ރ. މާކުރަތު މަސްޖިދުއްސަލާމުގެ ބައެއް މަރާމާތުތަކުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މޭ 2016 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 11:00 އަށް މިއިދާރާގެ މީޓީންގރޫމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މޭ 2016 ވާ އާދީއްތަ ދުވަހުގެ މެންދުރުކުރި 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.
ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:
1- މަސައްކަތުގެ އަގަށް: %80 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
2- މަސައްކަތުގެ މުއްދަތަށް: % 10 (ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
3- މަސައްކަތުގެ ތަޖުރިބާ: % 10
- ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، އިމާރާތް ކުރުމާއި އިމާރާތް މަރާމާތު ކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާކްސްއެވެ.
- ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓަރއަށް ބަލާފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
11 ޝަޢުބާން 1437