ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 200-VTR/IU/2016/03
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 31 މޭ 2016 11:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވާރކް ސްޓޭޝަންތަކެއް (ފަރުނީޗަރު މޭޒު/ޕާޓިޝަނާއެކު) ގަތުމަށް

ވާރކް ސްޓޭޝަން (ފަރުނީޗަރު މޭޒު/ޕާޓިޝަނާއެކު) ހޯދުމަށް ބޭނުންވެގެން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޓްރައިބިއުނަލަށް ވާރކް ސްޓޭޝަންތަކެއް (ފަރުނީޗަރު މޭޒު/ޕާޓިޝަނާއެކު) ގަތުމަށް ބޭނުންވެއެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މޭ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގ.ފަތުރުވެހި (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖޫން 2016 ވާ ބުދަ ދުވަހުގެ 11:00 އަށް (މަޓީބިލްޑިންގގެ 03 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ޓްރައިބިއުނަލްގެ 3308773 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

11 ޝަޢުބާން 1437

18 މޭ 2016