ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HRMS/1/2016/71
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 31 މޭ 2016 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ ، އިންޓެލިޖެންސް އެންޑް ފޮރެންސިކް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް / އިންވެސްޓިގޭޝަން އެންޑް އިންޓެލިޖެންސް ޑިވިޜަން / އިންޓެލިޖެންސް އެންޑް ފޮރެންސިކް ސެކްޝަން

އަސާސީ މުސާރަ:

-/9,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކާ ފަރާތްތަކާ ގުޅޭގޮތުން މީރާއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ދިރާސާކުރުމާއި އޮޑިޓްތަކާއި ތަޙުޤީޤުތަކާ ގުޅިގެން ހޯދަންޖެހޭ ޚާއްޞަ މަޢުލޫމާތުތައް ހޯދައި އެނަލައިޒްކުރުމާއި ޓެކްސް ދައްކާ ފަރާތްތައް ޕްރޮފައިލްކުރުމާއި ބަލައި ފާސްކުރުންތަކާއި ތަޙުޤީޤުތައް ހިންގުމުގަޔާއި ހެތްކާއި ގަރީނާ ހޯދުމުގައި އެހީތެރިވެދިނުމާއި ޑިޖިޓަލް ހެތްކާއި ފޮރެންސިކް ހެކި ހޯދައި އެނަލައިޒްކުރުމުގެ މަސައްކަތްކުރުމާއި، މި އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.

ޝަރުޠު:

އެކައުންޓިންގ ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަޤާމު:

ސީނިއަރ އޮފިސަރ ، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ޑިވިޜަން / ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

-/9,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ ޑޭޓާބޭސްއަށް ބޭނުންވާ އަޕްޑޭޓްތައް ހޯދައި އިމްޕްލިމެންޓްކުރުމާއި ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމާއި އީ-ގަވަރމަންޓް ޕޯޓަލްއާގުޅޭ މަސައްކަތް ބެލެހެއްޓުމާއި އަދި މިނޫންވެސް ޑޭޓާބޭސް ބެލެހެއްޓުމާގުޅޭ އެހެން ހުރިހާ ކަންކަން ކުރުން

ޝަރުޠު:

އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

މަޤާމު:

ސީނިއަރ އޮފިސަރ، އެޕްލިކޭޝަން ޑިވެލޮޕްމަންޓް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ޑިވިޜަން / އެޕްލިކޭޝަން ޑިވެލޮޕްމަންޓް ސެކްޝަން

އަސާސީ މުސާރަ:

-/9,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ބެލެހެއްޓުމާއި ވެބްސައިޓާބެހޭ މަސައްކަތްތައް ބެލެހެއްޓުމުގެ އިތުރުން ސޮފްޓްވެއަރ ސިސްޓަމްސްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ކޮމްޕޯނަންޓްސް ދިރާސާކުރުމާއި، ހޯދުން.

ޝަރުޠު:

އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓުފިކެޓު) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

އެހެނިހެން ޢިނާޔަތްތައް

- މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް ހޮވާލެވޭ މުވައްޒަފުންތަކަކަށް މީރާގެ ސްޕޮންސަރޝިޕްގެ ދަށުން އޭ.ސީ.ސީ.އޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

- އޭ.ސީ.ސީ.އޭ މެންބަރު ނުވަތަ އެފިލިއޭޓް ލެވެލް ހާސިލުކޮށްފައިވާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު:

- އެނުއަލް ސަބްސްކްރިޕްޝަން ފައިސާ ދައްކައިދިނުން

- ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ޓްރޭނިންގގައި ބައިވެރިކޮށްދިނުން.

ނޯޓު:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެމަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 31 ވަނަ ދުވަހުގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

10 ޝަޢުބާން 1437 

 

17 މޭ 2016