ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 427-OPR/1/2016/9
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 26 މޭ 2016 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައުން

އިޢުލާން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަރކިއުލަރ ނަންބަރު: 7/2016 (10 މޭ 2016) އިން 1437 ވަނަ އަހަރުގެ ރަމަޟާންމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތުގަޑި ކަމުގައި ހަމަޖައްސަވައިފައިވަނީ ހެނދުނު 10:00 ން މެންދުރުފަހު 2:00 ކަމުގައި ވީނަމަވެސް، މި ކޮމިޝަނުގެ ރަސްމީ މަސައްކަތުގަޑި ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށް ކަމުގައި ދަންނަވައި، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި މި ކޮމިޝަނަށް ފައިސާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މެންދުރު 12:00 އަށް ކަމުގައި ވެސް ދެންނެވީމެވެ.

12 ޝަޢުބާން 1437  


   

19 މޭ 2016