ދިވެހިރާއްޖެ
އިޢުލާން
| 
 ވަޒީީފާގެ ފުރުޞަތު  | 
| 
 މަޤާމު:  | 
 ހެލްތު އެސިސްޓެންޓް  | 
 ބޭނުންވާ އަދަދު:  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސީނިއަރ އޮފިސރ ގްރޭޑް 1  | 
 ރޭންކް:  | 
 އެމް.އެސް 1  | 
| 
 މަޤާމުގެ އަސާސީ މުސާރަ:  | 
 -/5,610 ރުފިޔާ  | 
||
| 
 ސާރވިސް އެލަވަންސް:  | 
 -/2,000 ރުފިޔާ  | 
||
| 
 ވަޒީފާއޮތް އޮފީސް:  | 
 އަބޫބަކުރު ސްކޫލް  | 
||
| 
 ވަޒީފާއަދާކުރަންޖެހޭ ތަން:  | 
 އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ  | 
||
| 
 ގިންތި:  | 
 ދާއިމީ  | 
||
ޝަރުޠު:
ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
- ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 - ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
 - ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 
މައިގަނޑު މަސްއޫލިއްޔަތުތައް:
- ދަރިވަރުންނަށާއި ސްޓާފުންން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.
- ދަރިވަރުން ސްކޫލުގައި ތިބޭއިރު ކުއްލިއަކަށް ދިމާވާ ޞިއްޙީ ކަންތައްތަކަށް ފަރުވާ ދިނުން.
- ދަރިވަރުންގެ ހެލްތު ރިކޯޑުތައް ބަލެހެއްޓުން.
- ދަރިވަރުންގެ ހެލްތު ސްކްރީނިންގގެ ކަންތައް ވިލަރެސްކޮށް ބެލެހެއްޓުން.
- ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ ޞިއްޙީ މައްސަލަތައް ފަހަގަކޮށް އެކަމުގެ މަޢުލޫމާތު ކްލާސް ޓީޗަރ، ސްޕަވައިޒަރ، ސްކޫލުގެ ވެރިޔާ އަދި ބެލެނިވެރިންނާއި ހިއްސާކޮށް އެކަމުގައި ދެވެން އޮތް އެހީތެރިކަމެއް ދިނުން.
- ސްކޫލުގެ ދަރިވަރުން ނުވަތަ ސްޓާފުން ތަމްސީލުކުރާ ކުޅިވަރު ހަރަކާތްތަކުގައި ފަސްޓް އެއިޑް ބޭނުން ވެދާނެ އެހެނިހެން ޙަރަކާތްތަކުގައި ފަސްޓް އެއިޑްގެ ޚިދުމަތް ދިނުން.
- ދަރިވަރުންގެ ހެދި ބޮޑުވުން (އިސްކޮޅާއި ބަރުދަން) ބަލައި ރިކޯޑު ބެލެހެއްޓުން.
- ސްކޫލުގެ ދަރިވަރުން ބޭނުންކުރުމަށް ހުރި ވަސީލަތްތަކަކީ ޞިއްޙީގޮތުން ރައްކާތެރި ވަސީލަތްތަކެއްތޯ ބަލައި އެކަން ކަށަވަރުކުރުން.
- ސްކޫލުގެ ޢިމާރާތްތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކުކުރުން.
- ދަރިވަރުންނަށް ހެލްތު ޕްރޮގްރާމް ހިންގުން.
- ކުރިއަށް އޮތް އަހަރު ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެ ޮތުގެ ތާވަލު ތައްޔާރުކުރުކޮށް އެޑިޔުކޭޝަނަށް ފޮނުވުން.
- ސްކޫލުގައި ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސުކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު، އަބޫބަކުރު ސްކޫލުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
އިންޓަރވިއު ކުރުން
- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއުކުރުމަށް ފަހުގައެވެ. އިޢުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަބޫބަކުރު ސްކޫލުގައެވެ.
- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އަބޫބަކުރު ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަބޫބަކުރު ސްކޫލުގެ ނަންބަރު 6842546 / 6842550 ފޯނަށް ގުޅުއްވުން އެދެމެވެ.