ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)URH/2016/18
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 30 މޭ 2016 12:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރ. ރަސްގެތީމް ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމުގެ ނަން:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އޯ ޕީ ޑީ ސެކްޝަން

މަޤާމް އޮތް ތަން:

ރ. ރަސްގެތީމް ޞިއްޙީ މަރުކަޒު

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކަނޑައެޅިފައިވާ ޑިއުޓީގައި، ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރަޖިސްޓްރީކުރުން.
  2. ކަނޑައެޅިފައިވާ ޑިއުޓީގައި، ޑޮކްޓަރަށް ދައްކަން މަރުކަޒަށް އަންނަ ބަލިމީހުންނަށް ގަވާއިދުން ނަންބަރު ދޫކުރުން.
  3. ކަނޑައެޅިގައިވާ ޑިއުޓީގައި، މަރުކަޒަށް އަންނަ މީހުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
  4. ކަނޑައެޅިފައިވާ ޑިއުޓީއެއްގައި ބަލިމީހާގެ ފަރާތުން މަރުކަޒުގެ އޮފީހުން ބޭނުންވާ މަޢުލޫމާތު ރިޕޯޓްތައް ބެލެހެއްޓުން.
  5. ބަލިމީހާގެ ސްޓެޓިސްޓިކް ބަލަހައްޓައި، ކަނޑައެޅިފައިވާގޮތުގެމަތިން މަރުކަޒުގެ އޮފީހަށް ސްޓެޓިސްޓިކް ދިނުން.
  6. އެކިއެކި ބޭނުންތަކުގައި މަރުކަޒަށް އަންނަ މީހުންނާއި، ރަނގަޅު ބަހުން ވާހަކަދައްކައި ހިތްހެޔޮކަމާއެކު އެހީތެރިވެ މަގުދައްކައިދިނުން.
  7. މަރުކަޒަށް އާމްދަނީގެގޮތުގައި ލިބޭ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކުރުން.
  8. ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް އާސަންދައިގެދަށުން ޚިދުމަތް ފޯރުކޮށްދިނުން.

ތަޢުލީމާއި، ތަޖުރިބާ:

1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

ރ. ރަސްގެތީމް ޞިއްޙީ މަރުކަޒު

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  4. ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު، ރ. ރަސްގެތީމް ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެތް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިއެޓްކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރިއެޓްކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު، އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް ބަލައިގަންނާނީ، ރ. ރަސްގެތީމް ޞިއްޙީ މަރުކަޒުގެ އޮފީހުންނެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 30 ވަނަ ދުވަހުގެ 12.00 އެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޖޫންމަހު ރ.ރަ ސްގެތީމް ޞިއްޙީ މަރުކަޒުގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6580391 އެވެ.

12 ޝަޢުބާން 1437

19 މޭ 2016