ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/116
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 26 މޭ 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕްރޮޑިއުސަރ

އިޢުލާން

ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމްތަކަށް، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މީހުން ބޭނުންވެއެވެ.

މަޤާމް: ޕްރޮޑިއުސަރ

ބޭނުންވާ އަދަދު:

7 (ހަތެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ޕްރޮގްރާމް/ރޭޑިއޯ

އުޖޫރަ:

އުޖޫރަ ކަނޑައެޅިފައިވާނީ ޕްރޮގްރާމް އުފައްދާ ނިސްބަތުގެ މައްޗަށެވެ. އުޖޫރަ ދެވޭ މިންވަރަކީ، -/1000 ރުފިޔާއާއި -/12000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މަޤާމުގެ ޝަރުޠު:

ސާނަވީ އިމްތިޙާނުން 3 މާއްދާއިން 'އިނގިރޭސި ހިމޭނޭގޮތަށް ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް: ޕްރޮޑިއުސަރ

ބޭނުންވާ އަދަދު:

5 (ފަހެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ޕްރޮގްރާމް/ޓީވީ

އުޖޫރަ:

އުޖޫރަ ކަނޑައެޅިފައިވާނީ، ޕްރޮގްރާމް އުފައްދާ ނިސްބަތުގެ މައްޗަށެވެ. އުޖޫރަ ދެވޭ މިންވަރަކީ، -/2000 ރުފިޔާއާއި -/12000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މަޤާމުގެ ޝަރުޠު:

ސާނަވީ އިމްތިޙާނުން 3 މާއްދާއިން 'އިނގިރޭސި ހިމޭނޭގޮތަށް ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް: ޖާރނަލިސްޓް

ބޭނުންވާ އަދަދު:

15 (ފަނަރަ)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ނިއުސްރޫމް

އުޖޫރަ:

އުޖޫރަ ކަނޑައެޅިފައިވާނީ، ޕްރޮގްރާމް އުފައްދާ ނިސްބަތުގެ މައްޗަށެވެ. އުޖޫރަ ދެވޭ މިންވަރަކީ، -/2000 ރުފިޔާއާއި -/12000 ރުފިޔާއާ ދެމެދުގެ އަދަދެވެ.

މަޤާމުގެ ޝަރުޠު:

ސާނަވީ އިމްތިޙާނުން 3 މާއްދާއިން 'އިގިރޭސި ހިމޭނޭގޮތަށް ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

  • ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއުކޮށްގެން
  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި، އައު ވިސްނުންތައް ހުރި މިންވަރަށް ބެލޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓްނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، 2016 މޭ 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

- މި  މަޤާމުތަކަށް  މުސާރަ  ކަނޑައެޅިފައިވާ  ގިންތިތަކާއި،  އިތުރު  މަޢުލޫމާތު،  މި ކުންފުނީގެ www.psm.mv ގެ ވެބްސައިޓުގައި ލިބެން ހުންނާނެއެވެ.

8 ޝަޢުބާން 1437

15 މޭ 2016