ވަޒީފާގެ ފުރުޞަތު
ނަންބަރު: IS-HR/2016/10
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 26 މޭ 2016 14:00
އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ޢައްޔަންކުރުން

މި ސްކޫލުގެ ލީޑިންގ ޓީޗަރުންގެ މަސްއޫލިއްޔަތު އަދާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޓީޗަރުން މި އިޢުލާނާ އެއްގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

  • ބޭނުންވާ އަދަދު: 02
  • ބަލަހައްޓަން ޖެހޭ ގްރޭޑް/ މާއްދާ: ޕްރައިމަރީ / ގްރޭޑް 4 ،5 ، ސެކަންޑަރީ / ގްރޭޑް 8 ،9 ، 10
  • މަސްއޫލިއްޔަތު ޙަވާލުކުރެވޭ މުއްދަތު: ތަޢުލީމީ ކަލަންޑަރުގެ 2 އަހަރުދުވަސް

ޝަރުޠު:

  • ދާއިމީ ޓީޗަރެއްގެ މަގާމުގައި ހުރި ފަރާތަކަށްވުން (ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ)
  • ޙަވާލުކުރެވޭ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއިން ތަމްރީނުވެފައިވާ ފަރާތަކަށް ވުން
  • 2 އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން

ލީޑިން ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއްޢައްޔަނުކުރުމުގައި ޕޮއިންޓްދޭނެގޮތް

ލީޑިންގ ޓީޗަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި މިންކުރާނީ ތިރީގައިވާ ގޮތަށް މެރިޓް އުސޫލުންނެވެ.

1- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަދި އެއަށްވުރެ މަތީ ހުރިހާ ސަނަދަށް ބަލައި ތިރީގައި މިވާގޮތަށް ލިބޭ ޖުމުލަ ޕޮއިންޓުން ތަރުތީބުކުރުން.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް

ޕޮއިންޓު

4

25

5

35

6

45

7

60

8

65

9

75

10

85

2- މަތީގައިވާ ގޮތަށް ތަރުތީބުކޮށް އެއްވަރަށް ޕޮއިންޓް ލިބޭ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މުވައްޒަފުންނަށް 2013 ވަނަ އަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމުލަ މާކްސްއަށް އަދި ޚިދުމަތު މުއްދަތަށް ބެލުން.

ލީޑިންގ ޓީޗަރުގެ މަސްއޫލިއްތަޔު ހަވާލުކުރެވޭ ފަރާތަށް ދެވޭ އެލަވަންސް

ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ.

ލީޑިންގ ޓީޗަރުންގެ މައިގަނޑު މަސްއޫލިއްޔަތު

1- މިނިސްޓްރީގެ ސިޔާސަތުތައް ސުކޫލްގައި ތަންފީޒުކުރުމަށް ޕްރިންސިޕަލަށް އެހީތެރިވެދިނުން

2- ޕްރިންސިޕަލް ނެތް ހާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ޙަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.

3- ކިޔަވައިދެމުންދަނީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށްތޯ ބަލައި ކިޔަވައިދިނުން ތަރައްޤީކުރުމަށް ޓީޗަރުންނަށް އިރުޝާދު ދިނުން.

4- ކިޔަވައިދޭ މާއްދާތަކުގެ ކޯޑިނޭޝަން މީޓިންތައް ރާވައި ކުރިޔަށް ގެންދާގޮތް ބަލައި ރިކޯރޑު ބެލެހެއްޓުން

5- ޓީޗަރުން ތައްޔާރުކުރާ ލެސަން ޕްލޭންތަކަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް ތައްޔާރުކުރެވޭ ލެސަން ޕްލޭނެއްތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުންނަށް އެހީތެރިވެދިނުން.

6- ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ ޓީޗަރުން ލައްވައި އެކަންކަން ކުރުވުމާއި އެކަންކަން ކުރެވެމުންދާގޮތް ބަލައި މޮނިޓަރކުރުން.

7- ސުކޫލުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރު ކުރުން.

8- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚުލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

9- ވަކިވަކި މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރާއި ކުރިއެރުމުގެ ރިކޯޑުތައް ބެލެހެއްޓުން

10- ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ޓީޗަރުންނާއި ބެލެނިވެރިން އަދި ސުކޫލްގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.

11- ދަރިވަރުންގެ ކުރިއެރުމާބެހޭގޮތުން ބެލެނިވެރިންނާއި، ސުކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.

12- ކުލާހާއި ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސުކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

13- ރިލީފް ގަޑި ނެގުން.

14- ސުކޫލުގައި ހިންގާ ކުލަބު ހަރަކާތްތައް ވިލަރެސްކުރުން

15- ކިޔަވައިދިނުމާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ހާލަތުގައި ސުކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.

16- ސުކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން

17- މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިށްޓްރީ އޮފް އެޑިއުކޭޝަނުން އެދިއްޖެނަމަ، އެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

18- ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން 35 މިނިޓުގެ 6 ގަޑި ނުވަތަ 45 މިނިޓުގެ 5 ގަޑި ނަގައި ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު).

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަ ނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

މަޤާމަށް އެދެންވީ ސުންގަޑި:

  • ތަކެތި ހުށަހެޅުމުގެ ސުންގަޑި:  2016  މޭ 26  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ސްކޫލުގެ އޮފީހަށް

ނޯޓު:

 މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސްއޫލިއްޔަތު ހަވާލުކުރެވޭނެއެވެ. ލީޑިން ޓީޗަރުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތުގެ ސްޕެޝަލައިޒޭޝަން "ލީޑިން ޓީޗަރ" ގެ ނަމަށް ބަދަލު ކުރެވޭނެއެވެ. އަދި 2 އަހަރުގެ ޓެނުއަރ ހަމަވުމުން އިތުރު ދައުރަކަށް ޢައްޔަން ނުކުރެވޭނަމަ އަނބުރާ ޓީޗަރަކަށް ބަދަލުކުރެވޭނެއެވެ.

19 މޭ 2016