ނީލަން
ނަންބަރު: (IUL)228-DG/228/2016/11
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2016
ޕަބްލިޝްކުރި ގަޑި: 19:31
ސުންގަޑި: 31 މޭ 2016 14:00
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަމަހާ ފޯސްޓްރޯކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

ނ.އަތޮޅު ކައުންސިލް އިދާރާގެ "ރަންދުނި" ލާންޗުން ނަގާފައިވާ ޔަމަހާ ފޯސްޓްރޯކް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)228-DG/228/2016/5 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ނީލަން ނަންބަރު 1 (ޔަމަހާ ފޯސްޓްރޯކް އިންޖީނު)

1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3- ނީލަން ފެށޭ އަގު: -/50000 (ފަންސާސްހާސް) ރުފިޔާ

4- އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/5000 (ފަސްހާސް) ރުފިޔާ

5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންކޮންޑިޝަންގައެވެ.

ނީލަން ނަންބަރު 2 (ޔަމަހާ ފޯސްޓްރޮކް އިންޖީނު)

1- 1 އިންޖީނު ޔަމަހާ އައުޓްބޯޑް 200 ހޯސްޕަވަރ 4 ސްޓްރޯކް

2- މި އިންޖީނަކީ 31 ޖުލައި 2005 ން 31 ޑިސެންބަރު 2015 އަށް ބޭނުންކޮށްފައިވާ އިންޖީނެކެވެ.

3- ނީލަން ފެށޭ އަގު: -/40000 (ސާޅީސްހާސް) ރުފިޔާ

4- އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/5000 (ފަސްހާސް) ރުފިޔާ

5- އިންޖީނުގެ މިހާރުގެ ހާލަތު: ރަނިންކޮންޑިޝަންގައި، ސްޓާޓްކުރަން ދަތިވުމާއި ޖެކުގައި މައްސަލަ އެބަހުއްޓެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ނީލަމަށް އަގު ހުށަހަޅުއްވާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކިން ސިޓީއަކުންނެވެ. ސިޓީގައި ނީލަމުގައި ބައިވެރިވެލައްވާ ފަރާތުގެ މަޢުލޫމާތު (ނަމާއި އެޑްރެސް، ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު، ތާރީޚު އަދި ގުޅޭނެ ފޯނު ނަންބަރު) ހިމަނަންވާނެއެވެ.  އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަން ވާނެއެވެ. ސިޓީ މި އިދާރާގެ ކައުންޓަރުން އަދި ފެކުހުންނާއި އީމެއިލުންވެސް ބަލައިގަނެވޭނެއެވެ. ފެކްސް ކުރައްވާނީ މި އިދާރާގެ ނަންބަރު 6560094 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ.

ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު ކޮންމެ ދުވަހަކުވެސް މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކޮން ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް އާންމުކުރެވޭނީ އެ ދުވަހެއްގެ 13:00 ގެ ކުރިން ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގެވެ. އެއިގެ ފަހުން ހުށަހަޅުއްވާ އަގުތައް އާންމުކުރެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 5 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި ނީލަން ކާމިޔާބުކުރިކަން ލިޔުމުން އަންގާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނީލަމުގެ އަގަށްވާ ފައިސާ މި އިދާރާއަށް ދައްކަންވާނެއެވެ. 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމުން ނުވަތަ ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ނ.އަތޮޅު ކައުންސިލަށް ލިބިގެން ވެއެވެ.

އިންޖީނު ބައްލަވާލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އިންޖީނު ދެއްކުމުގެ އިންތިޒާމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 ން 12:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި ނީލަން ފެށޭ ދުވަހަކީ 22 މޭ 2016 އެވެ. މި އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ނުދީފިނަމަ 31 މޭ 2016 އަށް މި އިޢުލާނުގެ މުއްދަތު ހަމަވީއެވެ.

10 ރަޖަބު  1437

17 މޭ 2016