ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 291/INDIV/2016/12
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2016
ޕަބްލިޝްކުރި ގަޑި: 19:00
ސުންގަޑި: 24 މޭ 2016 14:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

ވަގުތީ އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ އިދާރާ:

ނ. ޅޮހީ ކައުންސިލްގެ އިދާރާ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއަކުން ދަށްވެގެން 'އީ' ގުރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'  ގުރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ކައުންސިލްގެ ބެލުމުގެދަށުގައި ހުންނަ ތަންތަނާއި، އުޅަނދުފަހަރާއި، މަގުތަކާއި، ޕާކްތަކާއި، މިފަދަ ތަންތަނަށް ނަންދިނުމާއި، ނަންބަދަލުކުރުމާއި، ހުޅުވުމާއި، ބަންދުކުރުމާއި، ރަށުގެ މަގުހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2. ރަށުފެންވަރުގައި ކުނި ނައްތައިލުމަށް ކުރަންޖެހޭ އިންތިޒާމްތައްކުރުމާއި، ކަރަންޓާއި، ފެނާއި، ފާޚާނާއާއި، ނަރުދަމާ ނިޒާމް ފަދަ އާންމު ޚިދުމަތްތައް ޤާއިމްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.

3. ޕްރީސްކޫލް ޚިދުމަތްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ރާވައި ހިންގުން.

4. އިޖުތިމާޢި މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި، މިތަންތަނުގެ ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުން.

5. އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަގުބައްތިއާއި ނެރުބައްތި މަރާމާތުކޮށް ބެލެހެއްޓުން.

6. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، އެކަމަށް އެކަށައަޅަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.

7. ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގައި ބައިވެރިވެ، ކޮމެޓީގެ ނިންމުންތައް ތަންފީޒކުރުމަށް މަސައްކަތްކުރުން.

8. މުޅިތަނަށް ދިމާވާ ކުއްލި އެމަޖެންސީތަކާއި، އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

9. ވަޒީފާއާ ގުޅިގެން ކައުންސިލް އިދާރާއިން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.

 

މުސާރައާއި އެލަވަންސް:

- އަސާސީ މުސާރަ: މަހަކު -/5،020 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، ނ. ޅޮހީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

4. ލިބިފައިވާ ސަނަދު ނުވަތަ ސެޓްފިކެޓްތައް (މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރުބަލައި، ތައްގަނޑުޖަހާފައިވާ އަސްލާ އެއްގޮތް ކޮޕީ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ ނުވަތަ ސަރުކާރުގެ އޮފީހަކުން އަސްލާ އެއްގޮތަކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ)

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ނޯޓު: އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާނަމަ، އެޕްލިކޭޝަން ބަލައެއް ނުގަނެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި:

2016 މޭ 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާއަށް.

އިންޓަވިއުކުރުން:

އިންޓަވިއުއަށް ކިޔޭނީ، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށާއި، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ  ތަކެތި  ހަމައަށް  ހުށަހަޅާފައިވާ  ފަރާތްތަކަށް  އެކަންޏެވެ.  އިންޓަވިއުކުރުމާއި،  ޕްރެކްޓިކަލް  އޮންނާނީ، 2016 މޭ 29 ވާ އާދީއްތަދުވަހު، ނ. ޅޮހި ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި އިދާރާގެ 6560032 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

03 ޝަޢުބާން 1437

10 މޭ 2016