ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2013/414
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 17:49
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CA-2013/231)ދ(8  ޖުލައި 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި  ގއ. ކޮލަމާފުށީގައި ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު ގެނައުމަށް ހަމަޖައްސާފައިވާތީ، ގއ. ކޮލަމާފުށީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ގއ. ކޮލަމާފުށި

ގއ. އަތޮޅު މަދަރުސާ ހޯލުގެ އިރުމަތީކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ އަމީނީމަގުގެ ހުޅަނގު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގއ. ކޮލަމާފުށި -1

P01.01.1

1

ގއ. ކޮލަމާފުށި

ގއ. އަތޮޅު މަދަރުސާ ހޯލުގެ ހުޅަނގުކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ އަމީނީމަގުގެ އިރުމަތި ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ކޮލަމާފުށީގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ގއ. ކޮލަމާފުށި -2

P01.01.2

2

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

4 ޝައްވާލް  1434

11 އޮގަސްޓް 2013