ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ 08 ގޯޕްރޯ ކެމެރާ އަދި 08 މައިކްރޯ އެސް.ޑީ ކާޑު ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IU)138-AS6/2016/31 އިޢުލާނާ ގުޅިގެން ދީފައިވާ ސްޕެސިފިކޭޝަން ބަދަލުވެފައިވާތީ އެ ބިޑު ބާޠިލުކޮށް އަލުން މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 25 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 02 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
11 ޝަޢުބާން 1437