ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS83/2016/16
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 30 މޭ 2016 13:30
މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

 ދާއިމީ

އޮފީސް:

ހއ މުރައިދޫ ސްކޫލް

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

 

މަޤާމުގެ ޝަރުޠު:

  • ލައިބްރަރީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  •  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައި،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި  "ދިވެހި"  މި  މާއްދާއިން  ދަށްވެގެން  "ސީ"  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމާ  ގުޅޭ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދަރިވަރުންނާއި ޓީޗަރުންނަށް، ލައިބްރަރީން ފޮތް ދޫކުރުން.
  • ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި ތަރުތީބުކޮށް ބެހެއްޓުން.
  • ހަލާކުވާ ފޮތްތައް ހެދުން.
  • ލައިބްރަރީ އިންވެންޓުރީ ފުރިހަމަކޮށް ބެލެހެއްޓުން.
  • ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭފޮތްތައް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން.
  • އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފުކޮށްދިނުން.
  • ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރިކުރުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.
  • ސްކޫލުން ހަމަޖައްސާފައިވާ ލައިބްރަރީގެ ގަވާއިދަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި އުސޫލުތަކުގައި ހިފެހެއްޓުން.
  • ލައިބުރަރީ ކުލާސްތައް ފުރިހަމަކޮށް ގެންދިއުމަށް ލައިބުރަރީ ކުލާސްތަކުގައި ޓީޗަރުންނަށް އެހީތެރިވުން.
  • ލައިބްރަރީ  ފޮތް  ރިޓާންނުކުރާ  ދަރިވަރުންގެ  މަޢުލޫމާތު،  ކުލާސް  ޓީޗަރުންނަށްދީ،  އެ  ފޮތެއް  ރިޓާންކުރަންޖެހޭ މުއްދަތު ހަމަވާތާ 1 ހަފުތާގެ ތެރޭގައި އެ ފޮތެއް ހޯދުން.
  • ދަރިވަރުން ޝައުޤުވެރިވާފަދަ ތަނެއްގެގޮތުގައި ލައިބްރަރީ ބެހެއްޓުން.
  • ސްކޫލުން ރާވައި ހިންގާ ޕްރޮގުރާމުތަކުގައި ސްކޫލުން އަންގާގޮތެއްގެމަތިން ސްކޫލަށް އެހީތެރިވެދިނުން.
  • މަތީގައިވާފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ކުއްލިއަކަށް ދިމާވާ އެކިއެކި ކަންކަމުގައްޔާއި އެހީތެރިކަމަށް ބޭނުންވާ ދަނޑިވަޅުތަކުގައި އެ ވަގުތުގައި ހަވާލުވެހުންނަވާ ވެރިއެއްގެ އިރުޝާދުގެދަށުން، އެއްބާރުލުން ދިނުމަކީ ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ.
  • ހަމަ އެހެންމެ، ހެދިފައި އޮންނަ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 މޭ 30 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ހއ މުރައިދޫ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމުރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.

- މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

- އުމުރުން 55 އަހަރުނުވާ މީހަކަށްވުން.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އިންޓަވިއު ކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއުއާއި  ޕްރެކްޓިކަލްސް  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 1 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500537 ނަންބަރު ފޯނާއެވެ.

12 ޝަޢުބާން 1437

19 މޭ 2016