ދިވެހިރާއްޖެ
އިޢުލާން
މަދަރުސާގެ ފެނާއި، ފާޚާނާތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
މި މަދަރުސާގެ ފެނާއި، ފާޚާނާތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރިން ކުރި ނަންބަރު B-MAI/IUL/2016/09 ) 14 ފެބުރުވަރީ 2016 ) އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާގެ 6 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ޖޫން 01 ވާ ބުދަ ދުވަހުގެ 13:30 އަށް |
2016 ޖޫން 07 ވާ އަންގާރަ ދުވަހު 13:30 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.
10 ޝަޢުބާން 1437