މަސައްކަތް
ނަންބަރު: (IUL)378/378/2016/22
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:41
ސުންގަޑި: 30 މޭ 2016 10:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ. ހުޅުދެލީގައި ޤާއިމުކުރެވޭ ނެޓުބޯޅަ ކޯޓެއްގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ދ. ހުޅުދެލީގައި ޤާއިމުކުރެވޭ ނެޓުބޯޅަ ކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 30 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް (ދ.ހުޅުދެލީ ކައުންސިލުގެ އިދާރާގެ މީޓިންގ ރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ. ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

މި މަސައްކަތް ކޮށްދިނުމަށް އެދި މި އިދާރާގެ ނަންބަރު (IUL)378/378/2016/16 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

19 މޭ 2016