މަސައްކަތް
ނަންބަރު: B-MAI/IUL/2016/23
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 01 ޖޫން 2016 13:30
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މި މަދަރުސާގެ ފެނާއި، ކަރަންޓަށް ދިމާވާ މައްސަލަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރިން ކުރި ނަންބަރު B-MAI/IUL/2016/10 ) 14 ފެބުރުވަރީ 2016) އިޢުލާން ބާޠިލުކޮށް އަލުން މި މަދަރުސާގެ ކަރަންޓަށް ދިމާވާ މައްސަލަތައް ދިގުމުއްދަތަކަށް ޙައްލުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާގެ 6 ވަނަ ފަންގިފިލާގެ މީޓިންރޫމަށް (އަމީނިއްޔާސްކޫލް ކުރިމަތި / ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖޫން 01 ވާ ބުދަ ދުވަހުގެ 13:30 އަށް

2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ 13:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.

10 ޝަޢުބާން 1437

17 މޭ 2016