ދިވެހިރާއްޖެ
އިޢުލާން
ތިރީގައި ބަޔާންކުރެވިފައިވާ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް އުވާލުމަށް ސަރުކަރާއި، އަދި މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާއި ބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ލިކުއިޑޭޓަރެއް އައްޔަން ކުރުމަށް ކުރެވުނު އިޢުލާނު (IUL)454/454/2016/2 ނަންބަރާ ގުޅިގެން މި މަސައްކަތުގެ ބިޑް ހުޅުވުމަށް ވަޑައިގެންނެވީ މަދުފަރާތަކުން ކަމުގައިވާތީ މި އިޢުލާނު ބާޠިލުކޮށް، މިކުންފުނިތަކުގެ ލިކުއިޑޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަންނަނިވި ލިސްޓުގައިވާ ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 2016 މޭ 26 ވާ ބުރާސްފަތި ދުވަހު 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އައު އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދައުވަތު އަރުވަމެވެ. ޕްރޮޕޯސަލް ހުށަހެޅޭ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޑު ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގައެވެ. އަދި މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓު http://www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެ އެވެ.
ލިކުއިޑޭޓް ކުރުމަށް ބޭނުންވާ ކުންފުނިތަކުގެ ލިސްޓު
1- ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
2- ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
3- ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
4- ހިތަދޫ ޕޯޓް ލިމިޓެޑް
5- ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
6- ވާރކްސް ކޯޕަރޭޝަން ލިމިޓެޑް
7- މަޑިވަރު ހޯލްޑިންގްސް ޕްރައިވްޓް ލިމިޓެޑް
8- ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
9- މާލޭ ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
10- ނޯތު ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
11- ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
12- ސައުތު ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
13- ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
14- އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
15- އަޕަރ ސައުތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް