ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
މަޤާމުގެ ގިންތި: |
ވަގުތީ |
މުއްދަތު: |
2 (ދޭއް) އަހަރުދުވަސް |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
އޮފީސް /އިދާރާ / ސެކްޝަން: |
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ކޯޕަރޭޓް އެފެއާޒް |
މުސާރަ: |
މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1،500 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް: |
ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
1- އެކައުންޓްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- ސާނަވީ އިމްތިޙާނުގައި ބިޒްނަސް ސްޓްރީމްގެ 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1- ޔުނިޓަށް ލިބޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކުރުމާއި، ރޫޓިން މަރުޙަލާ ފުރިހަމަކުރުން. 2- ކައުންސިލުގެ މަސައްކަތުގެ ތާވަލުގައި ހިމެނިގެން ޔުނިޓާ ހަވާލުކުރެވޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތް ކުރުން. 3- ޓްރަސްޓް ފަންޑް ޕްރޮގްރާމުގެ ކޮންޓްރެކްޓް މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް، މަސް ނިމުމުގެކުރިން އެ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުން. 4- ޓްރަސްޓް ފަންޑުގެ ޕްރޮގްރާމްތަކަށް ހޯދާ މުދަލާއި ޚިދުމަތްތަކުގެ ބިލުތަކަށް ވައުޗަރ ތައްޔާރުކޮށް، ފައިސާ ދޫކުރުން 5- އަތޮޅު ކައުންސިލުގެ މާލިއްޔަތުން ހިންގޭ ޕްރޮގްރާމްތަކަށް ވައުޗަރ ތައްޔާރުކޮށް ފައިސާ ދޫކުރުން. 6- އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށް ލިބޭ ފައިސާ ވައުޗަރ ތައްޔާރުކޮށް އެފަރާތްތަކަށް ހަވާލުކުރުން. 7- ޓްރަސްޓް ފަންޑް ޗެކް ރަޖިސްޓްރީއާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން. 8- އަތޮޅު ކައުންސިލް އިދާރާގެ ޚަރަދު އެކައުންޓް 2 ގެ އެކައުންޓްބާކީ ލިޔެ ބެލެހެއްޓުން. 9- އަތޮޅު ކައުންސިލް އިދާރާގެ ރެވެނިއު އެކައުންޓް 1 ގެ ޗެކް ރަޖިސްޓްރީއާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން. 10- އަތޮޅު ކައުންސިލް އިދާރާގެ ޚަރަދު އެކައުންޓް 2ގެ ޗެކް ރަޖިސްޓްރީއާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން. 11- އަތޮޅު ކައުންސިލްގެ މާލިއްޔަތުން ހިންގޭ ޕްރޮގްރާމްތަކުގެ ޚަރަދު ރިޕޯޓް، މަހަކު އެއްފަހަރު ތައްޔާރުކުރުން. 12- ޓްރަސްޓް ފަންޑުގެ ޕްރޮގްރާމްތަކުގެ އާމްދަނީއާއި ޚަރަދު ރިޕޯޓް، މަހަކު އެއްފަހަރު ތައްޔާރުކުރުން. 13- ޓްރަސްޓް ފަންޑާއި ޚަރަދު 2 ގެ ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް، މަހަކު އެއްފަހަރު ތައްޔާރުކުރުން. 14- ތިޖޫރީ ބާކީކުރުމާއި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން. 15- ފައިސާ ހަވާލުކުރެވޭ ވައުޗަރތަކާއި ތައްޔާރުކޮށް ފޮނުވޭ ރިޕޯޓްތައް ގަވާއިދުން ފައިލްކުރުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުންކަމުގައިވުން. 2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން. 3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. 4- ޤާނޫނުތަކާއި، ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން. 5- އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން، 6- ރަށުންބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި، ތަން އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 2016 މޭ 25 ވަނަ ދުވަހުގެ 14.00 އެވެ. ތަކެތި ހުށަހަޅާނީ، ށ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ށ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.shaviyani.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް. 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) 7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6540025 ނަންބަރު ފޯނާއެވެ. |
9 ޝަޢުބާން 1437