މަސައްކަތް
ނަންބަރު: (IUL)299/299/2016/32
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 30 މޭ 2016 10:30
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވާދޫ ސުކޫލުގެ އިރުން އޮތް ހުސްބިމުގެ ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުން:

ވާދޫ ސުކޫލުގެ އިރުން، ހިމާޔަތްކުރެވިފައި އޮތް ސަރަހައްދުގެ ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 30 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތްކުރުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު 18/2014) ގެ ދަށުން މިފަދަ މަސައްކަތްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

‏08‏ ޝަޢުބާން‏ 1437

15 މޭ 2016