ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)418/418/2016/33
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 30 މޭ 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3  

ސެކްޝަން: ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް: -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައިވުމާއެކު،  ސެކަންޑްރީ  ސްކޫލް  އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ޕްރޮކިއުމަންޓާބެހޭ މަސައްކަތްތައް ކުރުން.  

2. ރަށުގެ ތަރައްޤީއަށްޓަކައި ރަށު ކައުންސިލުން ހިންގަން ނިންމާ ހަރަކާތްތަކާ ގުޅޭގޮތުން ހަދަންޖެހޭ ޕްރޮޖެކްޓްތައް ހެދުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

3. ބިދޭސީންނާބެހޭ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.

4. ޢީދުނަމާދާއި، ހުކުރުނަމާދު ހަވާލުކޮށް އޭގެ ރެކޯޑް ބެލެހެއްޓުމާއި، ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ ކަންކަން އިންތިޒާމުކޮށް  ބެލެހެއްޓުން.                                          

5. އައިޑީކާޑު ހެދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

6. ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއި، ނީލަންކިޔާ މުދަލުގެ ހިސާބު ބެލެހެއްޓުން.

7. ކުލީ ބިންތަކުގެ އެންމެހައި މަސައްކަތް ކުރުން.                              

8. މުވައްޒަފަކު ޗުއްޓީ ނެންގެވުންފަދަ ކަމަކާ ގުޅިގެން ވަގުތީގޮތުން ޔުނިޓް ހެޑް ހަވާލުކުރައްވާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރަމުން ގެންދިއުން.

9. ޔުނިޓްހެޑް އަންގާގޮތެއްގެމަތިން ކައުންސިލްގެ ސެކްރެޓޭރިއެޓްގެ އިދާރީ މަސައްކަތްތައްކުރުން.   

10. ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ ލިޔުންތައް ފަސޭހައިން ފެންނަގޮތަށް ފައިލްކޮށް ރައްކާތެރިކަމާއެކު ކުރަމުންގެންދިއުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް ބާއްވާ  އިންޓަވިއު  އޮންނާނީ، 2016 ޖޫން 15 ވާ ބުދަ ދުވަހުގެރޭ 9:00 ގައި، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާގައި.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 1 އޭޕްރިލް 2013 ގައިވާ ގޮތުގެމަތިން ތިރީގައިއެވާ ކަންތައްތަކަށެވެ.

1. ވަޒީފާގެ ޝަރުޠު ހަމަވުމަށް ޕޮއިންޓްދިނުން.

2. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ޕޮއިންޓްދިނުން.

3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓްދިނުން.

4. ލިބިފައިވާ މަސައްކަތުގެ ހުނަރަށް (ޤާބިލްކަމަށް ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން) ޕޮއިންޓްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު މި މަޤާމަށް ކުރިމަތިލައިގެން މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެއްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާ އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާ އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 30 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ތަކެތި ހުށަހަޅާނީ، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާއަށެވެ.

އިތުރު މަޢުލޫމާތު: މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6840007  ނަންބަރު ފޯނާއެވެ. މި އިދާރައިގެ އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ރަސްމީ ގަޑީގައި ކައުންސިލް އިދާރާއަށް ހާޒިރުވިޔަސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. 
12 ޝަޢުބާން 1437
19 މޭ 2016