ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/158
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 26 މޭ 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމް :ކޮމްޕިއުޓަރ ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

މަޤާމު:

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

 3,064/83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ބިޒްނަސް ސްކޫލް

 

 

ސްޕައިން ޕޮއިންޓް:

24

ގުރޭޑް:

5

މަޤާމުގެ ޝަރުޠު:

 

  1. އެމް.ކިއު.އޭ ގެ ލެވެލް 7/8 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  1. މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭ ގެ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  1. މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭގެ ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު 5 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

މަޤާމުގެ މަސްޢޫލިއްޔަތު:

  1. އަލަށް ގެންނަ ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތަކާއި އެއާގުޅޭ ހުރިހާ ސާމާނެއް ބަލައި ޗެކްކޮށް އޭގެ މެއިންޓަނަންސްގެ މަސައްކަތް ކުރުން.
  2. ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެއާ ގުޅޭ ސާމާނުގެ ވަކި އިންވެންޓްރީއެއް ތައްޔާރުކޮށް އެއަށް އަންނަ ބަދަލުތައް ގެނެސް ގަވާއިދުން ބެލެހެއްޓޭތޯ ބެލުން.
  3. ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ޓެކްނިކަލް އަދި ހާޑްވެއަރ އާއި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކޮށް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް ބެލެހެއްޓުން.
  4. ކިޔަވައިދިނުމާއި އަދި އިދާރީ ބޭނުންތަކަށް ފަހިވާނެހެން ކޮމްޕިއުޓަރުތަކާއި އަދި ކޮމްޕިއުޓަރު ނެޓްވާރކް ތައްޔާރީ ހާލަތެއްގައި ދެމެހެއްޓުން.
  5. ކޮމްޕިއުޓަރު ލެބްތައް ކިޔަވައިދިނުމަށާއި އަދި ދަރިވަރުންގެ ބޭނުންތަކަށް އަބަދުވެސް ތައްޔާރީ ހާލަތެއްގައި ދެމެހެއްޓުން.
  6. ނެޓްވާރކަށް ދިމާވާ މައްސަލަތައް ބަލައި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ވަގުތުން ޙައްލުތައް ހޯދުން.
  7. ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލަހައްޓައި ފަންނީ މުވައްޒަފުންނަށާއި އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
  8. ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ އަދި މިފަދަ ސޮފްޓްވެއަރތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހޯދާ އެ ތަކެތި ފެކަލްޓީގައި ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސެވުން.
  9. ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ދެނެގަނެ އެފަދަ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
  10. ފަންނީ މުވައްޒަފުންނާއި އަދި އިދާރީ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި މަސައްކަތް ކުރުން.
  11. މިނޫންވެސް މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރާ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.

http://mnu.edu.mv/images/downloads/Job%20Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  1. މި އިއުލާނާ ގުޅިގެން ކުރިން ކުރެވުނު ނަންބަރު MNU-HR/2016/129 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
  2. އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  3. އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  4. އިންޓަރވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  5. މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  6. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  7. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލްއަކީ [email protected] އެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަމްބަރު ފޯނާއެވެ.

 

19 މޭ 2016