ވަޒީފާގެ ފުރުޞަތު
ނަންބަރު: GS110-A /2016/18
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 29 މޭ 2016 12:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 2 (ދޭއް)                

މަޤާމުގެ ގިންތި: ވަގުތީ

މުއްދަތު: 3 (ތިނެއް) މަސްދުވަސް

ވަޒީފާ އޮތް އޮފީސް: ށ. ގޮއިދޫ ސްކޫލް 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން / ށ. ގޮއިދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މާސްޓަރ ޓައިމްޓޭބަލުގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ ކިޔަވައިދިނުން.

2. ހަވާލުކުރެވޭ ކޯކަރިކިއުލާ ހަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.

3. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުން.

4. ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

5. ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގާގޮތެއްގެމަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

6. ކުލަބެއް ނުވަތަ ހައުސްއެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ ޒިންމާއެއް އަދާކުރުން.

7. ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުޠު:

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރުން

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުން.

މަހަކު -/6،090 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރ 5 ގައިވާގޮތުގެ މަތީން،

  1. އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް، ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
  3. ކޮންޓްރެކްޓުގެ މުއްދަތުގައި ގިނަވެގެން ދެވޭނީ އާއިލީ ޒިންމާގެ 5 ދުވަހުގެ ޗުއްޓީއެވެ.
  4. ކޮންޓްރެކްޓުގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
  5. ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކައި ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2014 ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލްތަކަށެވެ. މިކަން ކަށަވަރުކުރުމަށްޓަކައި، ލިބިފައިވާ ސަނަދުތަކަށާއި އިންޓަވިއުއަށް ބެލޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ، 2016 މޭ 30 ވާ ހޯމަދުވަހު، ގޮއިދޫ ސްކޫލުގައެވެ. އިންޓަރވިއު އޮންނާނެ ގަޑި، އިންޓަވިއު ބޭއްވުމުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ގޮއިދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ށ. ގޮއިދޫ ސްކޫލުގެ އޮފީހަށް ނުވަތަ [email protected] އީމެއިލް އެޑްރެހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 29 ވަނަ ދުވަހުގެ 12:00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ށ. ގޮއިދޫ ސްކޫލުގެ 6540582 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

8 ޝަޢުބާން 1437

15 މޭ 2016