ވަޒީފާގެ ފުރުޞަތު
ނަންބަރު: GS110-A/2016/17
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 29 މޭ 2016 12:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

މުވައްޒަފަކު ބޭނުންވެއްޖެ:

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ސަޕޯޓް ސަރވިސް 3

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: ށ. ގޮއިދޫ ސްކޫލް / ށ. ގޮއިދޫ

މުސާރަ: މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ 

ދާއިރާ: އިންފޮމޭޝަން ޓެކްނޮލޮޖީ

ސެކްޝަން: އެކަޑަމިކް

މަޤާމުގެ ޝަރުޠު:

- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާއެއް ލިބިފައިވުން.

- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:  

- ސްކޫލުން ޗާޕްކުރަންޖެހޭ އެންމެހައި ތަކެއްޗާއި، ފޮޓޯކޮޕީ ނަގަންޖެހޭ އެންމެހައި ތަކެތި، މުދައްރިސުންނަށް ދަތިނުވާގޮތަށް ޗާޕްކުރުމާއި ފޮޓޯކޮޕީ ނެގުން.

- ޗާޕްކުރެވޭ ތަކެއްޗާއި، ފޮޓޯކޮޕީ ނެގޭ ތަކެތީގެ ކޮޕީއެއް ފައިލުކޮށް ބެލެހެއްޓުން.

- ޗާޕްކުރެވޭ ތަކެއްޗާއި ފޮޓޯކޮޕީ ނެގޭ ތަކެތީގެ ރެކޯޑްތައް ބެލެހެއްޓުން.

- ޕްރިންޓްރޫމުގައިވާ އެންމެހައި މެޝިނަރީއަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމުގައި ބަޖެޓް ސެކްޝަނާ ގުޅިގެން ކުރިއަށްގެންދިޔުމާއި، އެތަކެތީގެ ބޭނުން އެންމެ އެދެވޭގޮތަށް ކުރުން.

- މެޝިނަރީއަށް ދިމާވާ މައްސަލަތަކާ ގުޅިގެން ބަދަލުކުރެވޭ ސްޕެއަރގެ ރެކޯޑް ބެލެހެއްޓުމާއި، ސަރވިސްކުރުމުގެ ރެކޯޑް ބެލެހެއްޓުން.

ސުންގަޑި:     

ވަޒީފާއަށް  ކުރިމަތިލުމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2016  މޭ  29  ވާ  އާދީއްތަ  ދުވަހުގެ  12:00  ގެ  ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:         

- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މި  އިދާރާއިން  ލިބެން  ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 

- ސަރުކާރަށް  ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް  އޮތް  މުވައްޒަފުން،  ކުރިމަތިލާ  މަޤާމަށް  ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީ (ވަނަވަރު) ގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 މޭ 30 ވާ ހޯމަ ދުވަހު، މި ސްކޫލުގައެވެ.

 އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6540582 ނަންބަރު ފޯނަށެވެ.

4 ޝަޢުބާން 1437

11 މޭ 2016