ޢާންމު މަޢުލޫމާތު
ނަންބަރު: TAM001
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2016
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 25 މޭ 2016 15:00
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން

އިޢުލާން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ތިރީގައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

- ޕްރެޒިޑެންޓް

- ވައިސް ޕްރެޒިޑެންޓް

- ޓްރެޜަރަރ

- އެގްޒެކަޓިވް ކޮމިޓީގެ 4 މެންބަރުން

ޝަރުޠު

- ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރެއްކަމުގައި ވުން.

- ޤައުމީ އެހެން ކުޅިވަރު އެސޯސިއޭޝަންއެއްގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަން އަދާކުރައްވާ ފަރާތެއްކަމުގައި ނުވުން.

- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ ފަރާތެއްކަމުގައި ނުވުން.

- އަދާކުރައްވާ ވަޒީފާއެއްގެ ހައިސިއްޔަތުން މަޞްލަޙަތު ފުށުއަރާ ފަރާތެއްކަމުގައި ނުވުން.

ވީމާ މަތީގައި ދެންނެވުނު މަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 މޭ 25 ވާ ބުދަ ދުވަހުގެެ 15:00 ގެ ކުރިން މި އެސޯސިއޭޝަންގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

15 މޭ 2016