ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)244-CAA/244/2016/29
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:47
ސުންގަޑި: 26 މޭ 2016 13:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ. ތުރާކުނު ކައުންސިލުގެ އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 20 އެޕްރީލް 2016 ގައި މި އިދާރާއިން ކުރި ނަންބަރު: (IUL)244-CAA/244/2016/26 އިޢުލާން ބާޠިލްކޮށް، އަލުން އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ. ތުރާކުނު ކައުންސިލްގެ އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ މީހާގެ އައިޑީ ކާޑުގެ އަސްލާއެކު ސިޓީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ

 04 ޝަޢުބާން 1437

11 މޭ 2016